ކިހާދޫ ބަލިކޮށް ހަތަރުވަނަ ފަހަރަށް ގޮއިދޫ ފައިނަލަށް

މިއަދު ހަވީރު ގޮއިދޫ އާއި ކިހާދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ގޮއިދޫ އާއި ކިހާދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗުގައި ކިހާދޫ 2-0 އިން ބަލިކޮށް މުބާރާތުގެ ތާރީޚުގައި ހަތަރު ވަނަ ފަހަރަށް ގޮއިދޫ ފައިނަލަށް ދަތުރުކޮށްފިއެވެ. ބިދޭސީ ކުޅުންތެރިންވެސް ހިމަނައިގެން މި މުބާރާތާއި ކުރިމަތިލި ގޮއިދޫ ޓީމުގެ ދެގޯލުވެސް މިއަދުގެ މެޗުގައި ޖަހައިދިނީ އާދަމް ނިޒާމް (ކިތުނާ) އެވެ. މެޗުގެ 39 ވަނަ މިނިޓުގައި ކިތުނާ ފުރަތަމަ ގޯލު ކިތުނާ ޖެހީ އިޝާން އިބްރާހީމް (ސައްޓު) ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ދެވަނަ ގޯލު މެޗު ނިމެން 10 މިނިޓަށް ވެފައިވަނިކޮށް ޖެހީ، ސައްޓު ކިހާދޫގެ ތިންކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލަށް ޖެހި ބޯޅަ އޭރިޔާތެރޭގައި ހުސްކޮށް ހުރި ކިތުނާއަށް ލިބުމުންނެވެ. މިއަދުގެ މެޗު ދެޓީމުންވެސް ނިންމާލީ 10 ކުޅުންތެރިންނާއި އެކު އެވެ.

މެޗު އެއްވަރުކުރުމަށް ކިހާދޫން ކުރަމުންދިޔަ މަސައްކަތަށް ހުރަހަކަށް ވީ 71 ވަނަ މިނިޓުގައި އެޓީމުގެ އިތުބާރު ފޯވާޑް ޙުސައިން އީމާން އަށް ރެފްރީ ރަތްކާޑު ދެއްކުމުންނެވެ. އީމާން އަށް ރަތްކާޑު ދެއްކީ ރެފްރީއާއި ބޭއަދަބީ ބަހުން މުހާތަބު ކުރުމުންނެވެ. މެޗުގައި ގޮއިދޫ ޓީމުގެ މުޙައްމަދު ބައްސާމަށްވެސް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ. މެޗުގެ 86 ވަނަ މިނިޓުގައި ބައްސާމަށް ސީދާ ރަތްކާޑެއް ދެއްކީ ކިހާދޫގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

މިއަދު ހަވީރު ގޮއިދޫ އާއި ކިހާދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ގޮއިދޫ އާއި ކިހާދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މުޅި މެޗުގައިވެސް ގޮއިދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު އެޓީމަށް ވަނީ ފަރަގު ބޮޑު ކުރަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މިއީ އެޓޯލް ޗެލެންޖުގެ ފައިނަލަށް ގޮއިދޫ ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. އެޓީމުން ދެފަހަރު ޗެމްޕިއަންކަން ހޯދާފައިވާއިރު މިދިޔަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވީ ފެހެންދޫ އަތުންނެވެ. އަންގާރަ ދުވަހު ކުޅޭ ފައިނަލުގައި މިފަހަރުވެސް ވާދަކުރާނީ ގޮއިދޫ އާއި ފެހެންދޫ އެވެ.

މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ރެޑްވޭވް އެވެ. ކޯ ސްޕޮންސާ އަކީ އަރާބީ އެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރ އަކީ އޭދަފުށީ ބެއްލަ ވިސްޓާ ރެސްޓޯރެންޓެވެ. ޓެލެކޮމް ޕާޓްނަރ އަކަށް ދިރާގު ހަމަޖައްސާފައިވާއިރު މިފަހަރުވެސް މީޑިޔާ ޕާޓްނަރ އަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.