އަތުގެ ހަރަކާތްތަކުން ސްމާޓްފޯން ޗާޖުވާ ޓެކްނޮލޮޖީއެއް

feng

ޓަޗްސްކްރީން ޓެކްނޮލޮޖީ އީޖާދު ކުރެވުނު ފަހުން ސްމާޓް ފޯނާއި ބްލޫޓޫތް ހެޑްސެޓްގައި އިންސާނާގެ އަތުގެ ހަރަކާތްތައް ބޭނުން ކުރެވޭ މިންވަރު ވަނީ އިތުރުވެފައެވެ.

“ނެނޯ އެނަޖީ”ގައި ޝާއިއު ކުރި ދިރާސާއެއްގައި ބުނެފައިވަނީ އަލަށް އީޖާދު ކުރެވުނު ޓެކްނޮލޮޖީއެއްގެ ސަބަބުން ޗާޖަރެއް ދެން ބޭނުމެއް ނުވާނެ ކަމަށެވެ. އަދި ސްމާޓް ފޯންތައް ޗާޖް ވާނީ އެ ބޭނުން ކުރާ ކުރުމުގައި އަތުން ކުރެވޭ ހަރަކާތްތަކުން ކަމަށެވެ.

“ބަޔޯކޮމްޕެޓިބަލް ފެރޯއިލެކްޓްރެޓް ނެނޯޖެނެރޭޓަރ” ނުވަތަ ކުރުކޮށް ނަމަ “ފެންގް” ޓެކްނޮލޮޖީގެ ސަބަބުން އިންސާނުން މިހާރު މިސްރާބު ޖަހާފައި މި ވަނީ ހަށިގަނޑުގެ ހަރަކާތްތަކުން، އަހަރެމެން ބޭނުން ކުރާ އެކި ޑިވައިސްތައް ޗާޖް ކުރެވޭ ނިޒާމަކާ ދިމާއަށް ކަމަށް، އެމެރިކާގެ މިޗިގަން ސްޓޭޓް ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ނެލްސަން ސެޕުލްވެޑާ ވިދާޅުވިއެވެ.

ވަރަށް އަގުހެޔޮ މި ޓެކްނޮލޮޖީގައި ބޭނުން ކުރަނީ ކަރުދާސް ހާ ތުނި ޕެޑެކެވެ. އިންސާނުންގެ އަތުގެ ހަރަކާތްތައް ނުވަތަ އިނގިލިން ފިތާލުމުން ފަދަ ހަރަކާތްތަކުން ނުކުންނަ ޕްރެޝަރު، ކަރަންޓަށް ބަދަލުކޮށްދޭ ޕެޑެކެވެ. މި ޕެޑު އުފެއްދުމުގައި ބޭނުން ކޮށްފައިވާ މާއްދާތަކުގެ ތެރޭގައި ސިލިކަން، ރިހި، ޕޮލިމައިޑް އަދި ޕޮލިޕްރޮލިން ފެރޯއިލެކްޓްރެޓް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.