މާޅޮހުގައި އިންޑޯ ބެޑްމިންޓަން ކޯޓެއް އަޅަނީ

މާޅޮހު މާސް ޖަމިއްޔާއިން އެރަށުގައި ތަރައްގީކުރާ ބެޑްމިންޓަން ކޯޓް. ފޮޓޯ / އަބްދުލްމަތީން
މާޅޮހު މާސް ޖަމިއްޔާއިން އެރަށުގައި ތަރައްގީކުރާ ބެޑްމިންޓަން ކޯޓް. ފޮޓޯ / އަބްދުލްމަތީން

ބ. މާޅޮހު މާސް ޖަމްއިއްޔާއިން އެރަށުގައި އިންޑޯ ބެޑްމިންޓަން ކޯޓެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

މާސް ޖަމްއިއްޔާގެ އިންތިޒާމް ސެކްރެޓަރީ އަބްދުލްމަތީން ސާލިހް ވިދާޅުވީ މިއީ އެ ޖަމިއްޔާގެ އަމިއްލަ ހަރަދުގައާއި، ކައުންސިލްގެ އެހީގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތެއްކަމަށެވެ.

މާސް ޖަމްއިއްޔާގެ ގޯއްޗާއި އިންވެގެން އޮތް ބިމުގައި ހަދާ މިކޯޓްގެ މަސައްކަތް ތިންލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މަތީން ވިދާޅުވި ގޮތުގައި އެރަށުގައި ބެޑްމިންޓަން ކޯޓެއް އެޅުމުގެ ބޭނުމަކީ ޒުވާނުންގެ މެދުގައި ބެޑްމިންޓަނަށް ޝައުގުވެރިވާ މިންވަރު އިތުރު އިތުރުވުމާއި، މިފަދަ އިންޑޯ ކޯޓަކަށް ޒުވާނުން ބޭނުންވެފައިވުމެވެ.

މާޅޮހު މާސް ޖަމިއްޔާއިން އެރަށުގައި ތަރައްގީކުރާ ބެޑްމިންޓަން ކޯޓް ހެދުމުގެ މަސައްކަތްކުރަނީ. ފޮޓޯ / އަބްދުލްމަތީން
މާޅޮހު މާސް ޖަމިއްޔާއިން އެރަށުގައި ތަރައްގީކުރާ ބެޑްމިންޓަން ކޯޓް ހެދުމުގެ މަސައްކަތްކުރަނީ. ފޮޓޯ / އަބްދުލްމަތީން

މަތީން ވިދާޅުވީ 55 ފޫޓް ދިގު 45 ފޫޓް ފުޅާ އިންޑޯ ކޯޓާއެކު މާސް ޖަމްއިއްޔާގެ އޮފީސް އިމާރާތްވެސް ގާއިމް ކުރެވި ޖަމްއިއްޔާގެ މަސައްކަތްތައްވެސް ހަރުދަނާ ކުރެވިގެންދާނޭކަމަށެވެ. އަދި ބެޑްމިންޓަން ކޯޓް މުޅިން ނިންމައި އަންނައަހަރު ކުރީކޮޅު ބޭނުންކުރަން ފެށޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.