ފައިސާ ބަލަހައްޓާ މުވައްޒަފުން ތަމްރީންކުރަން ޕްރޮގްރާމެއް ފަށައިފި

ކައުންސިލުތަކުގައި ފައިސާއާގުލޭ މަސައްކަތް ކުރާ މުވައްޒަފުން ތަމްރީން ކުރުމަށް އޮޑިޓް އޮފީހުން އޭދަފުށީގައި ކުރިއަށްގެންދާ ޓްރޭނިން ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ/ ޒުހުދާ
ކައުންސިލުތަކުގައި ފައިސާއާގުލޭ މަސައްކަތް ކުރާ މުވައްޒަފުން ތަމްރީން ކުރުމަށް އޮޑިޓް އޮފީހުން އޭދަފުށީގައި ކުރިއަށްގެންދާ ޓްރޭނިން ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ/ ޒުހުދާ

ފިނޭންސް މިނިސްޓްރީން އެންމެފަހުން ނެރުއްވި އައު ފޯމެޓާ އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރުމަށް ހުރިހާ ކައުންސިލްތަކުގެ ފައިސާ ބަލަހައްޓާ މުވައްޒަފުން ތަމްރީން ކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ ޓްރޭނިން ޕްރޮގްރާމެއް ބ. އޭދަފުށީގައި ފަށައިފި އެވެ.

އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބ. އަތޮޅުގެ ކައުންސިލުތަކުގައި ފައިސާއާ ގުޅޭ މަސައްކަތް ކުރާ 19 މުވައްޒަފުން ބައިވެރިވެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ބުނިގޮތުގައި މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް އިންޓަނޭޝަނަލް ޕަބްލިކް ސެކްޓާ އެކައުންޓިން ސްޓޭންޑާސްގެ ކޭޝް ބޭސިސްއަށް ކައުންސިލްތަކުގެ މާލީ ހިސާބު ތައްޔާރުކުރާނެ ގޮތުގެ ހުނަރު ދަސްކޮށްދެވޭނެ އެވެ.

މި މަސައްކަތު ބައްދަލުވުންތަކަށްފަހު ކައުންސިލްތަކުގެ މިއަހަރުގެ މާލީ ބަޔާންތައް ކައުންސިލްތަކުން ހުށަހަޅުއްވާއިރު ފުރިހަމަ ބަޔާންތަކެއް ލިބޭނެކަމަށް އޮޑިޓް އޮފީހުން އުއްމީދު ކުރެއެވެ.

މި ޕްރޮގްރާމް ދަށުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ މުވައްޒަފުންނަށް ތަމްރީނުދީ މިމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އަދި މި މަސައްކަތު ބައްދަލުވުންތައް ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 މުވައްޒަފުން މާލީ ބަޔާން ތައްޔާރު ކުރުމަށް ތަމްރީން ވެގެންދާނެ ކަމަށް ވެސް އެ އޮފީހުން މައުލޫމާތުދެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.