ސައްޓުގެ މޮޅު ގޯލާއެކު ގޮއިދޫން އެޓޯލް ޗެލެންޖު ކާމިޔާބުކޮށްފި

ގޮއިދޫ ޓީމުން ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގެ ތަށި އުފުލާލަނީ-- ފޮޓޯ / ނައުރީފް
ގޮއިދޫ ޓީމުން ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގެ ތަށި އުފުލާލަނީ– ފޮޓޯ / ނައުރީފް

ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު ފައިނަލްމެޗުގައި އިޝާން އިބްރާހީމް (ސައްޓު) ކާމިޔާބުކޮށްދިން މޮޅު ގޯލާއި އެކު ގޮއިދޫން ޗެމްޕިއަންކަން ހޯދައިފިއެވެ.

ފައިނަލުގައި ފެހެންދޫގެ މައްޗަށް ގޮއިދޫން ކުރިހޯދި ލަނޑު ސައްޓު ކާމިޔާބު ކުރީ މެޗު ނިމެން 6 މިނިޓަށް ވެފައިވަނިކޮށެވެ. ސައްޓު މިގޯލު ޖެހީ އަމިއްލަ ހާފް ތެރެއިން ލިބުނު ބޯޅަ މެދުރޮނގު ހުރަސްކޮށް ފެހެންދޫގެ 5 ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކީޕަރަށް ފުރުސަތެއް ނުދީ ވާތުފައިން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ މި މުބާރާތުގެ ތާރީހުގައި ފެނުނު އެންމެ މޮޅު އެއް ގޯލެވެ.

މިއަދުގެ މެޗުގައި ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ލިބިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ސައްޓު އަދި އާދަމް ނިޒާމް (ކިތުނާ) އަށް ގޯލް ޖަހަން ލިބުނު ފުރުސަތުތައް ބޭނުން ހިފޭގޮތެއް ނުވިއެވެ. ގޮއިދޫން ލަނޑު ޖެހުމުން ފެހެންދޫ ޓީމުން ކުރިއަށްޖެހި ގޯލް ޖަހަން މަސައްކަތް ކުރިނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މެޗަށްފަހު “އީޓީ” އާ ވަހަކަދައްކަމުން ގޮއިދޫ ޓީމުގެ ކޯޗު މުޙައްމަދު އިގްބާލް ބުނީ، ޓީމަށް ދިމާވި އަނިޔާގެ މައްސަލަތަކެއް ދިމާވެފައި ވަނިކޮށް މިއަދު މެޗު ކާމިޔާބު ކުރެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

“ހަގީގަތުގަ ގޮއިދޫ ޓީމު އޮތީ އެންމެ ރަގަޅު ހާލަތެއްގައެއް ނޫން. އަނިޔާގެ ސަބަބުން ޓީމަށް ބަދަލުތަކެއް ގެންނަށް ޖެހުނު. އަނެއްކާ ސަސްޕެންޝަންގެ ސަބަބުން ބައްސާމަށް ވެސް ނުކުޅެވުން. އެ ހުރިހާ ކަމަކާއެކު މި ލިބުނީ ވަރަށް ހިތްހަމަޖެހޭ ކާމިޔާބެއް. ބިދޭސީ ކުޅުންތެރިންގެ ކުޅުމާމެދުވެސް ހިތްހަމަ ޖެހޭ. އަދި އޭދަފުށިން ޓީމާ ގުޅުނު ކުޅުންތެރިންނަކީ ވަރަށް ޕޮޓެންޝިއަލް ހުރި ދެކުޅުންތެރިން”

މިއީ ގޮއިދޫން އެޓޯލް ޗެލެންޖު ކާމިޔާބުކުރި 3 ވަނަ ފަހަރެވެ. ގޮއިދޫގެ އިތުރުން މި މުބާރާތް ދެން ކާމިޔާބުކޮށްފައިވަނީ ފެހެންދޫ އަދި އޭދަފުއްޓެވެ. މިފަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ފަސް ރަށަކުންނެވެ. އެއީ އޭދަފުށި، ގޮއިދޫ، ފެހެންދޫ، ކިހާދޫ އަދި ކުޑަރިކިލެވެ.

wwv

އޭދަފުށީ “ޔޫ ސްޕޯޓްސް” އިން އިންތިޒާމުކޮށްގެން މި މުބާރާތް ބޭއްވި މިއީ ފަސްވަނަ ފަހަރެވެ. މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ރެޑްވޭވް އެވެ. ކޯ ސްޕޮންސާ އަކީ އަރާބީ އެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރ އަކީ އޭދަފުށީ ބެއްލަ ވިސްޓާ ރެސްޓޯރެންޓެވެ. ޓެލެކޮމް ޕާޓްނަރ އަކަށް ދިރާގު ހަމަޖެއްސި އިރު މިފަހަރުވެސް މީޑިޔާ ޕާޓްނަރ އަކީ އޭދަފުށި ޓައިމްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.