އެޓޯލް ފުޓްބޯޅަ ޗެލެންޖުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ސައްޓު އަށް

މުބާރާތުގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު).
މުބާރާތުގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު).

އޭދަފުށީ “ޔޫ ސްޕޯޓްސް” އިން އިންޒާމުކޮށްގެން ބ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެޓޯލް ޗެލެންޖުގެ 5 ވަނަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ގޮއިދޫ ޔޫތް ސޮސައިޓީގެ އިޝާން އިބްރާހީމް (ސައްޓު) ހޯދައިފި އެވެ.

އެއްވެސް މެޗަކުން ބަލިނުވެ ގޮއިދޫ މި މުބާރާތް ކާމިޔާބު ކުރި އިރު، ސައްޓުވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗުގައި ޖެހި މޮޅު ގޯލާއި މި މުބާރާތުގައި އޭނާ ވަނީ ތިން ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. ދެ ގޯލު ޖަހަން މަގު ތަނަވަސްކޮށްދިން އިރު މޮޅު ކުޅުންތެރިޔާގެ މަގާމް ދެ މެޗެއްގައި ވަނީ ހޯދާފައެވެ. މިއީ ގޮއިދޫ ޓީމާއިއެކު މި މުބާރާތް ސައްޓު ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މި މުބާރާތް އެ ޓީމާއެކު ކާމިޔާބުކުރީ 2014 ވަނަ އަހަރު އެވެ.

މިފަހަރުގެ މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ފެހެންދޫގެ ޒުވާން ކީޕަރު އިބްރާހީމް ޒަޔާން އެވެ. 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ލިބުނީ ފެހެންދޫ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި ޙުސައިން ޝިފާޢު އަށެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ގޮއިދޫ ޓީމުގެ އާދަމް ނިޒާމް (ކިތުނާ) އަށް ލިބުނުއިރު ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އޭދަފުށީ ފުޓްބޯޅަ ޓީމެވެ. ކިތުނާ އަދި ސައްޓުވެސް މި މުބާރާތުގައި ތިން ގޯލު ޖަހާފައިވާއިރު އެ މަގާމް ކިތުނާއަށް ލިބުނީ މުބާރާތުގައި މި ދެކުޅުންތެރިން ކުޅުނު ވަގުތަށް ބަލާފަ އެވެ.

މިފަހަރުގެ މުބާރާތުގައި އަތޮޅުގެ 5 ރަށަކުން ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.