ޖަވާހިރުން ފުރިފައިވާ ވިލާ ހިމެނޭ ބިމެއް ފެނިއްޖެއެވެ.
“ނޭޗާ އެސްޓްރޮނޮމީ”ގައި ހޯމަ ދުވަހު ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި އާދަޔާ ހިލާފު ޕްލެނެޓް ފެނިފައިވަނީ، އަހަރެމެންގެ ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމާ 1،040 އަލިއަހަރުގެ ދުރުމިނެއްގައި ކަމަށެވެ.
“އެޗް.އޭ.ޓީ.ޕީ.ސެވަން.ބީ”ގެ ނަން ދީފައިވާ މި ބިމުގެ ވިލާތަކުގައި “ކޮރަންޑަމް” ނަމަކަށް ކިޔާ މާއްދާއެއް ގިނަ އަދަދަކަށް ހިމެނިފައިވެއެވެ. މިއީ އަހަރެމެންގެ މި ދުނިޔޭގައި “ސަފަޔާރ” އާއި “ރޫބީ” ފަދަ ޖަވާހިރުގެ އަސްލަކަށްވާ މާއްދާއެވެ.
މި ރިޕޯޓު އެކުލަވާލުމުގައި އިސްކޮށް އުޅުއްވި ޑޭވިޑް އާމްސްޓްރޯންގް ވިދާޅުވީ މުޅި ޕްލެނެޓްގެ ވަށައިގެން މި ޖަވާހިރުތައް ދައުރު ކުރުން އެކަށީގެންވާ ކަމަށެވެ.
މީހުން އަންތަރީޒު ވާފަދަ މި ޕްލެނެޓަކީ، އަހަރެމެންގެ މި ދުނިޔެއަށް ވުރެ ސައިޒުގެ ގޮތުން 500 ގުނަ ބޮޑު ބިމެއް ކަމަށް ވެސް، ރިޕޯޓްގައިވެއެވެ.