ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

medium_79467

ވިލާ ކޮލެޖުގައި އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ވިލާ ކޮލެޖުން ބުނިގޮތުގައި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހަފުތާގެ ބުރާސްފަތިދުވަހާ ހަމައަށް އިތުރުކުރީ ގިނަ ދަރިވަރުންތަކެއްގެ އެދުމުގެ މަތިންނެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން އެ ކޯސްތަކަށް އެދުމުގެ އެންމެ ފަހު ދުވަހަކީ މިދިޔަ ހޯމަދުވަހެވެ.

އަންނަމަހު ވިލާ ކޮލެޖުގައި ފަށާ ކޯސްތަކުގެ ތެރޭގައި ތަފާތު ދާއިރާތަކުން 56 ކޯހެއް ހިމެނެ އެވެ. މި ކޯސްތައް ހިންގަނީ މާލޭގެ އިތުރުން ނުވަ ރަށެއްގައި ހިންގާ ވިލާ ކޮލެޖުގެ ކެމްޕަސްތައް ވެސް ހިމަނައިގެންނެވެ.

އެގޮތުން މާސްޓާސް ފެންވަރުގެ ހަ ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ ތިން ކޯހަކާއި ޑިގްރީ ފެންވަރުގެ 15 ކޯހަކާއި އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ ހަތް ކޯހެއް ވިލާ ކޮލެޖުގައި އަންނަ މަހު ފަށާނެ އެވެ. މީގެ އިތުރުން ފައުންޑޭޝަން ފެންވަރުގެ ނުވަ ކޯހަކާއި ސެޓްފިކެޓް ތިނެއްގެ ފެންވަރުގެ އަށް ކޯހެއް ހިންގަން ވެސް ވަނީ ނިންމައިފަ އެވެ. ވިލާ ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުން ބުނީ އެ ކޮލެޖުގެ ކެމްޕަސް ނުހުންނަ ރަށްރަށުގައި ވެސް ކޯސްތައް ހިންގަން ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.