އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ހުކުރުދުވަހަކު ހިލޭ ސައި ދެނީ

ސަލްސާއިން އޭދަފުށީގައި ހަދާ ރެސްޓޯރަންޓް. އަންނަމަހު ހުޅުވާ މި ރެސްޓޯރަންޓުން ދުވަސްވީމީހުންނަށް ހުކުރުދުވަހު ހަވީރު ސައި ހިލޭ ދޭގޮތަށް ވަނީ ހަމަޖައްސާފައި
ސަލްސާއިން އޭދަފުށީގައި ހަދާ ރެސްޓޯރަންޓް. އަންނަމަހު ހުޅުވާ މި ރެސްޓޯރަންޓުން ދުވަސްވީމީހުންނަށް ހުކުރުދުވަހު ހަވީރު ސައި ހިލޭ ދޭގޮތަށް ވަނީ ހަމަޖައްސާފައި

މާލޭގައި ރެސްޓޯރަންޓް ހިންގުމާއި ކޭޓަރިންގެ ވިޔަފާރި ހިންގަމުން އަންނަ ސަލްސާ އިންވެސްޓްމަންޓުން އޭދަފުށީގައި ހުޅުވަން ތައްޔާރުވަމުން އަންނަ ރެސްޓޯރަންޓުން އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ސައި އެތަނުން ހިލޭ ލިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްސާ އިބްރާހިމް (ސަލްސާ އާމިރު) ވިދާޅުވެއްޖެ އެވެ.

އާމިރު ވިދާޅުވީ އޭދަފުށީ މަލްޓިޕާޕަސް އިމާރާތުގައި، ކުރިން ކޮރަލް ޕާކް ރެސްޓޯރަންޓް ހިންގި ތަކުގައި ހަދާ ސަލްސާގެ ރެސްޓޯރަންޓުގައި އަންނަ މަހުފަހުކޮޅު ހިދުމަތް ދޭން ފެށުމާއެކު 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ސައި ހިލޭ ލިބޭނެ ކަމަށެވެ.

އާމިރު ވިދާޅުވި ގޮތުގައި 28 ގޮނޑީގެ ވީއައިޕީ ރޫމަކާއެކު އެންމެ މަތީ ފަންތީގެ މީހުންނަށްވެސް ޚިދުމަތްދެވޭ ފެންވަރަށް ހަދާ އެ ރެސްޓޯރަންޓްގައި އެއްފަހަރާ 100 މީހުންނަށް ހިދުމަތް ދެވޭނެ އެވެ.

އާމިރު “އީޓީ” އަށް ކުރިން ވިދާޅުވި ގޮތުގައި ސަލްސާގެ ރެސްޓޯރަންޓެއް އޭދަފުށީގައި ހުޅުވަން ގަސްތުކުރީ މިރަށަކީ އަތޮޅު ތެރެއިން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށަކަށްވެފައި މިކަން ކުރަމުން ކުޅިވަރަށް އިތުރު ކުރިއެރުމެއް ގެނެވޭނެ ކަމުގެ އުއްމީދުގަ އެވެ.

އޭދަފުށީގައި ހުޅުވާ ސަލްސާގެ ރެސްޓޯރެންޓުންވެސް މާލޭގައި ހުންނަ ސަލްސާގެ ރެސްޓޯރެންޓްތަކުން ލިބޭ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް އާމިރު ވިދާޅުވި އެވެ. އެގޮތުން ބޮޑެތި ހަފްލާތަކަށް ކޭޓަ ކޮށްދިނުމާއި އެފަދަ އިވެންޓްތައް އިންތިޒާމުކޮށްދިނުމުގެ ހިދުމަތްތައްވެސް ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސަލްސާއިން އަންނަނީ އޭދަފުށީގެ އިތުރުން ކ. ތުލުސްދޫގައިވެސް ސަލްސާ ބްރޭންޑުގެ ރެސްޓޯރަންޓެއް ހުޅުވުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. މި ދެތަންވެސް އެކުއެކީގައި އަންނަމަހު ހުޅުވޭތޯ އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.