ތިން މީހުންގެ ޑީއެންއޭ ބޭނުންކޮށްގެން ދަރިމައިކުރުމުގެ ހުއްދަ ދީފި

untitled-1

ތިން މީހުންގެ ޑީއެންއޭ ބޭނުންކޮށްގެން ދަރިމައިކުރުމުގެ ހުއްދަ އިނގިރޭސި ވިލާތުގައި ދީފިއެވެ.

އެ ގައުމުގައި ދަރިމައިވުމާ ގުޅޭ ކަންތައްތައް ރެގިއުލޭޓް ކުރާ އޮތޯރިޓީން ބުރާސްފަތި ދުވަހު ބުނީ މިއީ ދުނިޔޭގައި ތާރީޚީ ނިންމުމެއް ކަމަށެވެ.

“މިއީ ހަޔާތް އެއްކޮށް ބަދަލު ކޮށްލާނެ ފަދަ ނިންމުމެއް،” އެ އޮތޯރިޓީގެ ޗެއާޕާސަން ސެލީ ޗެޝަޔާ ވިދާޅުވިއެވެ.

މި ނިންމުމާ ދެކޮޅު “ހިއުމަން ޖެނެޓިކްސް އެލާޓް” ޖަމިއްޔާގެ ޑިރެކްޓަރު ޑޭވިޑް ކިންގް ވިދާޅުވީ މި ކަމުގެ ސަބަބުން “ޖެނެޓިކަލީ މޮޑިފައިޑް” ނުވަތަ “ޖީއެމް” ދަރިން ދަރިމައިކުރުމަށް މަގެއް ހުޅުވުނީ ކަމަށެވެ.

ތިން މީހުންގެ ޑީއެންއޭ ބޭނުންކޮށްގެން ދަރިމައިކުރުމުގައި އެއް އަންހެނެއްގެ ބިހުގެ ނިއުކްލިއަސް ނަގާފައި، މައިޓޮކޮންޑްރިއާގެ މައްސަލައެއް ނެތް އެހެން އަންހެނެއްގެ ބިސް ބޭނުން ކުރަނީއެވެ.

މި އާ ނިންމުމުގެ ސަބަބުން އެންމެ ބޮޑު ނަތީޖާއެއް ފެނިގެންދާނީ ހަށިގަނޑުގެ މަސްތަކުގެ މައްސަލަތައް ހުންނަ ކުދިންނަށް ދަރިމައި ނުވުމަށެވެ. އެ ގޮތުން ރާއްޖޭގައި ވެސް ފެންނަމުން އަންނަ، މަސްތައް ގިރިގެންދާ ބައްޔެއް ކަމަށްވާ “މަސްކިއުލާ ޑިސްޓްރޮފީ” ނުހުންނަ ކުދިން ވިހެއުމަށް މަގުފަހިވާނެ ކަމަށް ސެލީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.