ތިން ހަރަމަށް ހާއްސަ އުމްރާ ދަތުރަށް ފުރުސަތު ހުޅުވާލައިފި

15380294_1207782362642961_7970304813748476962_n

އިސްލާމިކް ކަލްޗަރަލް ޓުއާގެ ނަމުގައި ތިން ހަރަމަށް ކުރާ ހާއްސަ އުމްރާ ދަތުރުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފި އެވެ

ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި މި ދަތުރުގައި ހިމެނެނީ މުސްލިމުންގެ ތިން ހަރަމްކަމަށް ވާ މަސްޖިދުލް ހަރަމް (މައްކާ) އާއި މަސްޖިދުއް ނަބަވީ (މަދީނާ) އަދި ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަގްސާ އަށެވެ.

އަދި އޭގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ، މިސްރު، އުރުދުން (ޖޯޑަން) އަދި ފަލަސްތީނުގައި ހުރި އިސްލާމީ ތާރީހާއި ގުޅުންހުރި މުހިއްމު ބައެއް ތަންތަން ބަލައިލުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ 21 ދުވަހުގެ މުއްދަަތަކަށް ކުރިއަށްގެންދާ މި ދަތުރުގައި ބައިވެރިވާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި ދަތުރުގައި ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށް 49،965 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް ހަތަރު މީހުންނަށް ވުރެ ގިނަ މީހުންގެ ގުރޫޕަކުން ދަތުރުކުރާނަމަ، ވަރަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

މި ދަތުރުގައި ބައިވެރިވާ މީހުން ރަޖިސްޓްރީކުރުމާއި ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.