ބަރިސްޓާ ކޮފީ ޗެމްޕިއަން މިލައިދޫ ރިސޯޓަށް އަންނަނީ

ފްރިޓްޒް ސްޓޯމް
ފްރިޓްޒް ސްޓޯމް

ދުނިޔޭގެ ކުރީގެ ބަރިސްޓާ ކޮފީ ޗެމްޕިއަން ކަމަށްވާ ފްރިޓްޒް ސްޓޯމް، އަންނަ މަހު ބ. އަތޮޅު މިލައިދޫ ރިސޯޓަށް އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ގޮތުން ޖެނުއަރީ 7 އަދި 8 ވަނަ ދުވަހު ބާއްވާ ދެ ސެޝަންގައި، ކޮފީގެ އަސްލު ރަހަ ގެންނާނެ ގޮތާއި، ކޮފީ ސަގާފަތާއި އަދި ކޮފީ އާ ގުޅޭ އެހެނިހެން މައުލޫމާތާއި އުކުޅުތައް މެހެމާނުންނަށް ދައްކާލުމަށް ހަމަޖެހިފައިވެއެވެ.

އެ ރިސޯޓުން ބުނީ “މިލައިދޫ” އަދި “މިލައިދޫމުމެންޓް” ހޭޝްޓެގް ބޭނުން ކޮށްގެން ކޮފީ ބޯ ފޮޓޯ ލައިގެން އިންޓަނެޓުގައި ހިންގާ ޕްރޮމޯޝަނަކުން އެއްވަނަ އަށް އަންނަ ފަރާތަކަށް، ދެ މީހަކަށް ހާފު ބޯޑުގައި އެ ރިސޯޓުގައި ތިން ދުވަހު ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ވެސް ލިބޭ ޕްރޮމޯޝަނެއް ހިންގާނެ ކަމަށެވެ.

ޑެންމާކް އަށް ނިސްބަތްވާ ފްރިޓްޒް ވަނީ 2003 ވަނަ އަހަރު ކޮފީއާ ގުޅޭ ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް އުފައްދައި، ދުނިޔެއަށް ކޮފީގެ އެކި ރަހަތައް މަގުބޫލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ފްރިޓްޒް ސްޓޯމް މިލައިދޫ ރިސޯޓަށް އައުމަށް ހަމަޖެހުމާ ގުޅިގެން އެ ރިސޯޓުގެ މެނޭޖްމަންޓުން ބުނީ އާ އަދި “ހަގީގީ ތަޖުރިބާތައް” މެހެމާނުންނަށް ފޯރުކޮށްދިނުމަށް އެ ރިސޯޓުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.