ރަން، ލޮއި އަދި 6 ބާވަތެއްގެ އާ ދިރޭތަކެތި ރާއްޖެއާ ކައިރިން ފެނިއްޖެ

ރާއްޖެއާ ކައިރިން އަލަށް ފެނުނު ފިނިހަކައިގެ ބާވަތެއް
ރާއްޖެއާ ކައިރިން އަލަށް ފެނުނު ފިނިހަކައިގެ ބާވަތެއް

ރަނާއި ލޮއި އަދި 6 ބާވަތެއްގެ އާ ދިރޭތަކެތި ރާއްޖެއާ މާ ދުރު ނޫން ހިސާބަކުން އިންޑިއާ ކަނޑުން ފެނިއްޖެއެވެ.

އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ސައުތު އެމްޕްޓަނުން ބުރާސްފަތި ދުވަހު ބުނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ސަރަހައްދުން ނެގި ދިރޭ ތަކެތީގެ ތެރޭގައި، މީގެ ކުރިން ދުނިޔެއިން ނުފެންނަ 6 ބާވަތެއްގެ ދިރޭތަކެތި ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި ފިނިހަކަ އާއި ކަކުންޏާއި ފަންޏާއި ރިނދަލީގެ ބާވަތްތައް ވެސް ހިމެނެއެވެ.

މި ސޫފިތައް ފެނިފައިވަނީ ރާއްޖެ އާއި، އެފްރިކާ ބައްރުގައި އޮންނަ ޖަޒީރާއެއް ކަމަށްވާ މަޑަގަސްކާ އާ ދެމެދު އިންޑިއާ ކަނޑުގައި އޮންނަ، ކަނޑުއަޑީގެ އަލިފާން ފަރުބަދަ ސަރަހައްދަކުންނެވެ. އަދި މި މަހުލޫގުން ފެނިފައިވަނީ އެ ސަރަހައްދުން އަރާ ހޫނު ލޮނުގަނޑު ކައިރިން ކަމަށް ވެސް، ދިރާސާގައި ބައިވެރިވެ ވަޑައިގަތް ޖޯން ކޮޕްލީ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 2 މޭލު ފުނުން ފެނުނު މި ދިރޭތަކެތި އުޅޭ ސަރަހައްދުން ރަން އަދި ލޮއި ވެސް އެކި މިންވަރަށް ފެނިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ބައިނަލްއަގުވާމީ ސުލްހަ ބަލަހަައްޓާ ޖަމިއްޔާ އދ.އިން މިހާރު ވަނީ މި ސަރަހައްދު އެ ތަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.