ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑުހިލަ ޖަހާ ނިންމާލައިފި

ތުޅާދޫ ގޮނޑުދޮަށް ހިމާޔަތްކުރަން ރިވެޓްމަންޓް ޖަހާފައި. ފޮޓޯ / ކެޕިޓަލް އިންވެސްޓްމަންޓް
ތުޅާދޫ ގޮނޑުދޮަށް ހިމާޔަތްކުރަން ރިވެޓްމަންޓް ޖަހާފައި. ފޮޓޯ / ކެޕިޓަލް އިންވެސްޓްމަންޓް

ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހައިގެން ބ. ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރަން ސަރުކާރުން ފެށި 9.6 މިލިއަން ރުފިޔާގެ މަޝްރޫއު ނިންމާލައިފި އެވެ.

ސަރުކާރުން ކެޕިޓަލު އިންވެސްޓްމެންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ފެށި މަޝްރޫއުގެ ދަށުން ތުޅާދޫ ދެނުކު ފަރާތުގައި 355 މީޓަރުގައި ވަނީ ރިވެޓްމެންޓް ޖަހައިފަ އެވެ.

ތުޅާދޫ ދެކުނު ފަރާތުގައި ރިވެޓްމެންޓް ޖެހި ސަރަހައްދަކީ ކުރިން ވަރަށްބޮޑަށް ގިރަމުން އައި ސަރަހައްދެކެވެ. ނަމަވެސް ގޮނޑުދޮށާ ކައިރީގައި ހުންނަ ގެތަކަށް ގެއްލުން ނުލިބި ހިފެހެއްޓީ އެ ސަރަހައްދަށް ގާ ކުނޑި އާއި ވެލިފަދަ ތަކެތި އެޅުމުގެ ސަބަބުން ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

ތުޅާދޫ ގޮނޑުދޮަށް ހިމާޔަތްކުރަން ރިވެޓްމަންޓް ޖަހާފައި.  ފޮޓޯ / ކެޕިޓަލް އިންވެސްޓްމަންޓް
ތުޅާދޫ ގޮނޑުދޮަށް ހިމާޔަތްކުރަން ރިވެޓްމަންޓް ޖަހާފައި. ފޮޓޯ / ކެޕިޓަލް އިންވެސްޓްމަންޓް

އަދި އެ ސަރަހައްދުގައި މިހާރު ރިވެޓްމެންޓް ޖަހާފައިވާތީ، އެއީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް އެރަށު ކައުންސިލުން ފާހަގަ ކުރެއެވެ.

ކެޕިޓަލް އިންވެސްޓްމަންޓް ކުންފުނިން އަންނަނީ މިއަތޮޅު ކެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ކުންފުނިން ބުނިގޮތުގައި އަންނަ މަހުގެ ނިޔަލަށް އެ މަސައްކަތްވެސް އެއްކޮށް ނިންމާލެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.