ހަނިފަރު – ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ތަނަކަށް ހަދަނީ

ހަނިފަރު ސަރަހައްދު، މިތަން ދިވެހިންގެ ތެރޭގައިވެސް މަގުބޫލުތަނަކަށް ހެދުމަށް ބަޔޮސްފިއާ ރިޒާވް އޮފީހުންދަނީ މަސައްކަތް ކުރަމުން
ހަނިފަރު ސަރަހައްދު، މިތަން ދިވެހިންގެ ތެރޭގައިވެސް މަގުބޫލުތަނަކަށް ހެދުމަށް ބަޔޮސްފިއާ ރިޒާވް އޮފީހުންދަނީ މަސައްކަތް ކުރަމުން

ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދު ފަތުރުވެރިންނެކޭ އެއްގޮތަށް ދިވެހިންގެ ތެރޭގައިވެސް މަގުބޫލުތަނަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނެފި އެވެ.

ޝާފީ ވިދާޅުވީ ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ސަރަހައްދަށް ދިވެހިގެންގެ މަގުބޫލުކަން އިތުރުކުރުމުގެ ގޮތުން މިހާރުވެސް މިއަތޮޅުގެ އެކި ސްކޫލްތަކުގެ ދަރިވަރުން އެ ސަރަހައްދަށް ގެންގޮސް މައުލޫމާތު ފޯރުކޮށްދެމުންގެންދާ ކަމަށެވެ. އަދި އެތަނުގެ މަގުބޫލުކަން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަނިފަރު ސަރަހައްދަށް ފީނަންދާ ބޭރު މީހެއްގެ އަތުން ނަގަނީ 310 ރުފިޔާއެވެ. އަދި ދިވެއްސެއްގެއަތުން ނަގަނީ 32 ރުފިޔާއެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހަނިފަރު ސަރަހައްދަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2014 ވަނަ އަހަރު ހަނިފަރަށް 2100 ފަތުރުވެރިން ޒިޔާރަތް ކުރިއިރު މިދިޔަ އަހަރު 3700 ފަތުރުވެރިން އެ ސަރަހައްދަށްވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 4000 ކައިރިކުރާ އަދަދަކަށް މީހުން އެ ސަރަހައްދަށް ޒިޔާރަތް ކުރާނެ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުންޏެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނާތީ އެވެ. އާއްމު ގޮތެއްގައި އެ ސަރަހައްދުން ފެހުރިހި އާއި އެންމަޑި ފެންނަނީ މެއި މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށެވެ.

ހަނިފަރު ސަރަހައްދަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން ބޮޑު އާމުދަނީއެއް ރާއްޖޭގެ އިގްތިސާދަށް އަހަރަކު ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.