ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ގެންގުޅުނު ދޮންފަނު މީހަކު ބޮޑު އަދަދަކުންް ޖޫރިމަނާކޮށްފި

0_132263484857_news

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފައިގެން ގެންގުޅުނު ބ. ދޮންފަނު މީހަކު 111،500 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނި ގޮތުގައި މި ދޫނިތައް ފެނުނީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދޮންފަނު ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ދޮންފަނު މީހާ ގޭގައި ބަންދުކޮށްގެން ގެންގުޅުނު ދޫނިތަކުގެ ތެރޭގައި ރަތަފަ، ކިރު އިލޮޅި، ދުށިމެ، އަލަކަ، ބަކަމޫނު އަދި ސުރުމުތި ހިމެނެ އެވެ.

ހިމާޔަތް ކޮށްފައިވާ ދޫނިތަކެއް ހިފައިގެން މިހާ ބޮޑު އަދަދަކުން މީހަކު ޖޫރިމަނާ ކޮށްފައި މިވަނީ ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރަމުންދާތީ އާއި އެގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ތަކުރާރުކޮށް އިންޒާރުދީފައި ވަނިކޮށެވެ.

ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގައިވާ ގޮތުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާނެކަން އީޕީއޭ އިން ދޭތެރެ ދޭތެރެއިން ނެރޭ ބަޔާންތަކުގައިވެސް ހަނދާން ކޮށްދެ އެވެ.

ދޮންފަނު މީހާ ހިފައިގެން ގެންގުޅުނު ދޫނިތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.