ގުރުއާނާބެހޭ މަރުކަޒުން ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ގުރުއާނާބެހޭ މަރުކަޒުން އޭދަފުށީގައިފެށި ގާރީ ކޯހުގެ ފުރަތަމަ ބުރުގެ ބައިވެރިން-- ފައިލް ފޮޓޯ
ގުރުއާނާބެހޭ މަރުކަޒުން އޭދަފުށީގައިފެށި ގާރީ ކޯހުގެ ފުރަތަމަ ބުރުގެ ބައިވެރިން– ފައިލް ފޮޓޯ

އަންނަ ޖެނުއަރީ މަހު ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އޭދަފުށީ ގޮފީގައި ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

އޭދަފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގައި އަންނަ އަހަރު ފަށާ ގާރީ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ 4 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

ގުރުއާނާބެހޭ މަރުކަޒުން އަންނަ އަހަރު އޭދަފުށީގައި ހިންގުމަށް ހަމަޖެހިފައިވަނީ ގާރީ ކޯސް ސެޓްފިކެޓް ލެވެލް 1 އަދި 2 އެވެ. މި ކޯސްތަކުގައި ބައިވެރިވުމަށްއެދޭ ފޯމް ރަށު ކައުންސިލުން މިއަދު ވަނީ ދޫކުރަން ފަށައިފަ އެވެ.

އޭދަފުށީގައި ހުންނަ ކިރީތި ގުރުއާނާބެހޭ މަރުކަޒުގެ ގޮފީގައި މިއަހަރު ވަނީ ރަށު ކައުންސިލާ ގުޅިގެން ސެޓްފިކެޓް ލެވްލް 1 ގެ ގާރީ ކޯހެއްވެސް ހިންގައިފަ އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ކުރިން ބުނި ގޮތުގައި އޭދަފުށީ ގޮފީގައި ގުރުއާނާއި ދީނީ އިލްމާ ގުޅުން ހުރި ކޯސްތަކުގެ އިތުރުން، ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދިނުމާއި ޖަމާއަތްތެރިން ތަމްރީނު ކުރުމުގެ ކޯސްތައް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.