ދިރާގު ރޯޑް ރޭހުގައި ބޭނުން ކުރި ފުޅިތައް ރިސައިކަލް ކުރުމަށް ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ “ޕާލޭ ފޮ ދަ އޯޝަން”އާ ހަވާލު ކުރުމަށް ރާއްޖޭގެ ޖަމިއްޔާއަކާއި ހަވާލުކޮށްފި އެވެ.
ދިރާގުން ބުނީ އެ ފުޅިތައް ޕާލޭ އާއި ހަވާލުކުރުމަށް ބައޯޑައިވާސިޓީ އެޑިއުކޭޝަން އެންޑް އެވެއާނެސް މޯލްޑިވްސް (ބީމް)އާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ބީމްއަކީ ޕާލޭ އާއި ގުޅިގެން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.
ރާއްޖޭގެ މުވާސަލާތީ ހިދްމަތްދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން އެ ކުންފުނީގެ އިޖްތިމާއީ ޒިއްމާގެ ދަށުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްވަނީ ކެމްޕެއިނެއް ފަށާފައެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅު އަދި ފުޅި މަދުކުރުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް ބާރުއެޅުމުގެ ގޮތުން ތިމާވެއްޓާއި ރައްޓެހި ބާޒާރު ކޮތަޅު ތައާރަފްކޮށް ދިރާގުގެ އޮފީހުގައި ޕްލާސްޓީކް ފުޅި ބޭނުން ކުރުން ވަނީ ހުއްޓާލާފަ އެވެ.