މާޅޮހު މަދުރަސާގެ ފުރަތަމަ ބެޑްމިންޓަން މުބާރާތް ބާއްވައިފި

މާޅޮހު މަދުރަސާގެ ބެޑްމިންޓަން މުބާރާތުގެ ތެރެއިން: ފޮޓޯ: މުޙައްމަދު ނަޖީބު/މާޅޮސް
މާޅޮހު މަދުރަސާގެ ބެޑްމިންޓަން މުބާރާތުގެ ތެރެއިން: ފޮޓޯ: މުޙައްމަދު ނަޖީބު/މާޅޮސް

މިއަތޮޅު މާޅޮހު މަދުރަސާގެ ފުރަތަމަ ބެޑްމިންޓަން މުބާރާތް މިއަދު ބާއްވައިފި އެވެ.

މާޅޮހު މަދުރަސާގެ ތިން ހައުސްގެ މެދުގައި ބޭއްވުނު މި މުބާރާތުގައި ކޮންމެ ހައުސް އަކުން ފިރިހެން ޓީމަކާއި އަންހެން ޓީމެއް ބައިވެރިކުރިއެވެ.

ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމާއި، ބެޑްމިންޓަން ކުޅުމުގެ ޝައުގުވެރިކަން އިތުރުކޮށް މި ކުޅިވަރު ކުޅެން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދިނުމުގެ މަގުސަތުގައި ބޭއްވި މި އަހަރުގެ މުބާާރާތުގައި މި އަހަރު ކުޅުނީ ހަމައެކަނި ޑަބަލްސް އެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރާގޮތަށް ކުޅެވުނު މި މުބާރާތުގެ އަންހެން ބައިން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލުގައި ވާދަކުރީ ގްރީން ހައުސް އާއި ޔެލޯ ހައުސް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި ފައިނަލުގައި 1-2 ސެޓުން ޔެލޯ ހައުސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ގްރީ ހައުސް އެވެ.

ފިރިހެން ކުދިންގެ ބައިން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލުގައި ބައްދަލު ކުރީވެސް ގްރީން ހައުސް އާއި ޔެލޯ ހައުސް އެވެ. އެހެން ނަމަވެސް، އަންހެން ފައިނަލާއި ކީލާފަށް މި ފައިނަލުގައި  ސީދާ ދެ ސެޓުން ގްރީން ހައުސް ބަލިކޮށް  ޗެމްޕިއަންކަން ހޯދީ ޔެލޯ ހައުސް އެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މާޅޮހު މަދުރަސާއިން ވަނީ ބެޑްމިންޓަން ކޯޗިން ކޭމްޕެއްވެސް ބާއްވާފަ އެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. atholhey

    މާޅޮސްވެސް ހާދަ ކުރިއަށް ޖައްސައިލައިފިއޭ ދޯ…. އަނެއްކާ މާޅޮހުންވެސް މާލޭ މުބާރާތުގަ ބައިވެރިވަނީ ތަ؟ އުފާވެރި ހަބަރެއް… ގުޑް ނަތީޖާއަކަށް އެދެން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.