ދެ ޑިންގީ ޖެހި ހަތަރު މީހަކަށް ބޮޑެތި އަނިޔާތަކެއް!

އެކްސިޑެންޓްވި އެއް ޑިންގީ ބަންޑުން ޖަހާލާފައި-- ފޮޓޯ / ކިޔުންތެރިއެއް
އެކްސިޑެންޓްވި އެއް ޑިންގީ ބަންޑުން ޖަހާލާފައި– ފޮޓޯ / ކިޔުންތެރިއެއް

ބ. ގޮއިދޫއާ ފެހެންދޫ އާ ދެމެދު ދަތުރު ކުރަމުން ދިޔަ ދެ ޑިންގީއެއް ޖެހި 4 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

މި އެކްސިޑެންޓު ހިނގީ، ވެލި ނެގުމަށްޓަކައި ގޮއިދޫން ދަތުރުކުރި ޑިންގީއަކާއި ދެ ޓޫރިސްޓަކު ގޮވައިގެން ފެހެންދު އަށް ދިޔަ ޑިންގީއެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި ޒަހަމްވީ ދެ ޑިންގީގައި ތިބި ހަތަރު ދިވެހިންނަށެވެ.
އެ ރަށު ސިއްހީ މަރުކަޒުން ބުނީ ހަތަރު ފިރިހެނަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އަދި ބައެއް މީހުންނަށް ސީރިޔަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެ މަރުކަޒަކުން ނުދެއެވެ.

އީޓީ އާ ވާހަކަ ދެއްކި ގޮއިދޫ މީހަކު ބުނިގޮތުގައި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ މޫނުމަތި އެކި ތަންތަނުން ފަޅައިގެން ގޮސް އެކި ޒަހަމުތައް ވަނީ ލިބިފަ އެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ދިއުން ފަދަ ކުދި ކުދި އަނިޔާތައްވެސް ވަނީ ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އެ ހަތަރު މީހުންގެ ހާލު ސީރިއަސްކަމުން މާލެ ގެންދިއުމުށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.