އެކްސިޑެންޓުގައި އަނިޔާވި 4 މީހުން ފަރުވާއަށް މާލެ ފުރުވާލައިފި

ޑިންގީ އެކްސިޑެންޓްގައި އަނިޔާ ލިބުނު 4 މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ފުރުވާލަނީ
ޑިންގީ އެކްސިޑެންޓްގައި އަނިޔާ ލިބުނު 4 މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ފުރުވާލަނީ

ބ. ގޮއިދޫއާ ފެހެންދޫ އާ ދެމެދު ދަތުރު ކުރަމުން ދިޔަ ދެ ޑިންގީއެއް ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވި 4 މީހުންނަށް އިތުރު ފަރުވާ ދިނުމަށް ދެންމެ އަކު މާލެ ފުރުވާލައިފި އެވެ.

މި އެކްސިޑެންޓު ހިނގީ، ވެލި ނެގުމަށްޓަކައި ގޮއިދޫން ދަތުރުކުރި ޑިންގީއަކާއި ދެ ޓޫރިސްޓަކު ގޮވައިގެން ފެހެންދު އަށް ދިޔަ ޑިންގީއެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި ޒަހަމްވީ ދެ ޑިންގީގައި ތިބި ހަތަރު ދިވެހިންނަށެވެ.

އެކްސިޑެންޓްވި އެއް ޑިންގީ ބަންޑުން ޖަހާލާފައި-- ފޮޓޯ / ކިޔުންތެރިއެއް
އެކްސިޑެންޓްވި އެއް ޑިންގީ ބަންޑުން ޖަހާލާފައި– ފޮޓޯ / ކިޔުންތެރިއެއް

އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ. އޭގެ ތެރެއިން އެކަކުގެ މޫނުމަތިން އެކި ތަންތަނުން ފަޅައިގެން ގޮސް އެކި ޒަހަމުތައް ވަނީ ލިބިފަ އެވެ.

އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.

15666211_1237857909606500_650349579_n

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.