ޗުއްޓީ ހޭދަކުރަން ބެކަމް އަނެއްކާވެސް ރާއްޖެއަށް، މިފަހަރު އަމިއްލަފުއްޓަށް

ބެކަމް އާއި އޭނާގެ އާއިލާ، އާ އަހަރުގެ ޗުއްޓީއަށް މިފަހަރު ހޭދަކުރާނީ އަމިއްލަފުށީގައި
ބެކަމް އާއި އޭނާގެ އާއިލާ، އާ އަހަރުގެ ޗުއްޓީއަށް މިފަހަރު ހޭދަކުރާނީ އަމިއްލަފުށީގައި

އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އާ އަހަރުގެ ޗުއްޓީ ހޭދަކުރަން މިފަހަރުވެސް ރާއްޖެ އަންނަގޮތަށް ނިންމައިފި އެވެ. އާއިލާއާއި އެކު ރާއްޖެ އައިސް މިފަހަރު ބެކަމް ޗުއްޓީ ހޭދަކުރާނީ ބ. އަތޮޅު އަމިއްލަފުށި ރިސޯޓުގަ އެވެ.

އަމިއްލަފުށި ރިސޯޓުގައި ބެކަމްއާއި އޭނާގެ އާއިލާވަނީ ހާއްސަ ޕާޓީއެއް ބާއްވަން ނިންމާފަ އެވެ. އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނި ގޮތުގައި، މި ޕާޓީ ޝަރަފްވެރި ކޮށްދޭނީ ބެކަމްގެ އެންމެ ގާތް ދެ ރައްޓެހިންކަމަށްވާ، މަޝްހޫރު ޝެފް ގޯޑަން ރަމްސީ އާއި އޭނާގެ އަންހެނުން ޓާނާ ރަމްސީ އެވެ.
މީގެ އިތުރުން މިފަހަރުގެ ޕާޓީގައި ވިކްޓޯރިއާގެ ކުރީގެ ބޭންޑް ސްޕައިސް ގާލްސްގެ ބައިވެރިއެއް ކަމަށްވާ މެލް ސީ ލަވަކިޔާނެ އެވެ. މެލްއާ އެކު އޭނާގެ ލޯބިވެރިޔާ، ޖޯއީ މާޝަލް ވެސް މި ޕާޓީގައި ބައިވެރިވާނެކަމަށް މީޑިޔާ ހަބަރުތައް ބުނެއެވެ.

ބެކަމް ވަނީ އާ އަހަރު ފާހަގަކުރުމަށް މިދިޔަ ދެ އަހަރުވެސް ރާއްޖެ އައިސްފަ އެވެ. އެ ދެ އަހަރުވެސް ބެކަމްއާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކޮށްފައިވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގަ އެވެ.

ކްރިސްމަސްއާއި އާ އަހަރުގެ ޗުއްޓީ ހޭދަކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުން ރާއްޖެ ޒިޔާރަތްކުރެ އެވެ. އެގޮތުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި، ލަވަކިޔުންތެރިންނާއި، ފިލްމީ ތަރިންގެ މަންޒިލަކަށް ރާއްޖެ ވަނީ ވެފައެވެ. ބ. އަތޮޅަކީ މި ފަންނާނުން ކޮންމެ އަހަރަކުވެސް ގިނަ އަދަދަކަށް ޒިޔާރަތްކުރާ އަތޮޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.