އެކްސިޑެންޓްގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސް، އަނެއް ތިން މީހުންގެ ހާލު ރަނގަޅު

ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހަކަށް ފަރުވާ ދިނުމަށް އިއްޔެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދަނީ. އެކަކުގެ ހާލު އަދިވެސް ސީރިއަސް ކަމަށްވޭ.
ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހަކަށް ފަރުވާ ދިނުމަށް އިއްޔެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދަނީ. އެކަކުގެ ހާލު އަދިވެސް ސީރިއަސް ކަމަށްވޭ.

އަލީ ޝަހީމު އަދި ތޯރިގު އަބްދުއްރަހްމާން

ބ. ފެހެންދޫ އާއި އެ އަތޮޅު ގޮއިދުއާ ދެމެދު ދަތުރުކުރި ޑިންގީއެއް ޖެހި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޭނާ އަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުން
އަންނަކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އިއްޔެ މެންދުރު މި އެކްސިޑެންޓް ހިނގީ ވެލި ނެގުމަށްޓަކައި ގޮއިދޫން ދަތުރުކުރި ޑިންގީއަކާއި ފެހެންދޫން ދެ ޓޫރިސްޓަކު ގޮވައިގެން ދިޔަ ޑިންގީއެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި ޒަހަމްވީ ދެ ޑިންގީގައި ތިބި ހަތަރު ދިވެހިންނެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާ ލިބުނީ ގޮއިދޫ ކައުންސިލުގެ ރައީސްގެ ބޭބެ އަބްދުލް ހަންނާނު އަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ވާހަކަދެއްކުމުގައި އުނދަގޫތަކެއް ހުންނަކަމަށާއި އަދި އޭނާގެ ވާތު ފައިވެސް ހަރަކާތް ނުކުރާކަމަށް “އީޓީ” އާ ވާހަކަ ދެއްކި އާއިލާގެ މީހަކު ކިޔައިދިނެވެ.

ދެ ޑިންގީޖެހި ހިނގި އެކްސިޑެންޓަގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އިއްޔެ މާލެ ފުރުވާލަނީ
ދެ ޑިންގީޖެހި ހިނގި އެކްސިޑެންޓަގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އިއްޔެ މާލެ ފުރުވާލަނީ

އާއިލާއިން ބުނީ ހަންނާނުގެ ބޮލަށް ލިބުނު ގެއްލުންތައް ބެލުމަށް އެމްއާރުއައި ހަދަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޑިންގީ އެކްސިޑެންޓްގައި ދެން އަނިޔާ ލިބުނީ ގޮއިދޫ ލިލީވިލާ، އަހްމަދު މަޖީދު އަށާއި އެރަށު އައްސޭރި، ހަސަން ޔާސިރުގެ އިތުރުން ހދ. ނެއްލައިދޫ، އަހްމަދު ނާސިހު އަށެވެ. މި ތިން މީހުންނަށްވެސް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.