ދިރާގުން ހަތަރު އަތޮޅު ހޮސްޕިޓަލަކަށް އޮކްސިޖަން ކޮންސެންޓްރޭޓަރު ހަދިޔާކޮށްފި

 ކޮންސެންޓްރޭޓަރެއް ހަދިޔާކުރި ކަމުގެ ލިޔުމުގައި ދ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ހަވާލުވަނީ.-- ފޮޓޯ: ދިރާގު
ކޮންސެންޓްރޭޓަރެއް ހަދިޔާކުރި ކަމުގެ ލިޔުމުގައި ދ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ހަވާލުވަނީ.– ފޮޓޯ: ދިރާގު

‎ދިރާގުން ހަތަރު އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަކަށް އޮކްސިޖަން ކޮންސެންޓްރޭޓަރު ހަދިޔާކޮށްފި އެވެ.

‎ދިރާގުން އޮކްސިޖަން ކޮންސެންޓްރޭޓަރުތައް ހަދިޔާކުރީ އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް، ފ. އަތޮޅު ހޮސްޕިޓަލް އަދި ދ. އަތޮޅު ހޮސްޕިޓަލަށެވެ.

ދިރާގުން ބުނީ މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތައް ތަރައްގީކޮށް، ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެން ދިޔަ ވަރަށް މުހިއްމު އެއް މަސައްކަތެއް ކަމަށެވެ.

‎އޮކްސްސިޖަން ކޮންސެންޓްރޭޓަރާ ހަވާލުވެވަޑައިގަތުމަށް ފަހު، ފ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާޒިމް ވިދާޅުވީ އެއީ އެ ހޮސްޕިޓަލަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. އަދި ދިރާގުން އެފަދަ އެއްޗެއް ހަދިޔާ ކުރީތީ އެ ކުންފުންޏަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

‎ދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަރީފު ވެސް ވަނީ ދިރާގުން އެ ހޮސްޕިޓަލަށް އޮކްސިޖަން ކޮންސެންޓްރޭޓަރެއް ހަދިޔާ ކުރީތީ ދިރާގުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ފަދަ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
‎ކުންފުނިން ވަނީ ރާއްޖޭގެ ނުވަ ސަރަހައްދުގައި އޮޕަރޭޝަން ސެންޓަރުތައް ގާއިމުކޮށް، މުޅި ރާއްޖެ އެކީ ގުޅުވާލައިފަ އެވެ. އެ ކުންފުނިން ބުނީ އެ އޮޕަރޭޝަން ސެންޓަރުތަކުން ވެސް ވަރަށް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައިވާ ކަމަށެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނިން ބުނީ ‎އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މި އަހަރުގެ ތެރޭގައި ވެސް ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން، ލ. އަދި ބ. އަތޮޅުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސް ކުރިއެރުވުމަށް ބޭނުންވާ ތަފާތު ވަސީލަތްތައް ހަދިޔާކޮށް، ފުވައްމުލަކުގައި ގާއިމުކުރާ ސެޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން މި އަހަރުގެ ޑިސްއެބިލިޓީ އެވޯޑްސް އަށްވެސް ދިރާގުން ވަނީ އެހީތެރިކަށް ފޯރު ކޮށްދީފައެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއް ވެސް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރި ވުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.