ބޮޑު ޗުއްޓީއާ ގުޅިގެން ލޯންޗު ދަތުރުތަކަށް ބާރު ބޮޑުވެއްޖެ‏

ferry

‏ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރެ އެވެ. މިއަހަރު ވެސް އެކަން އޮތީ ހަމަ ‏‏މިގޮތަށެވެ. ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރަން ފެށުމާ އެކު ސްޕީޑް ލޯންޗްތަކަށް ބާރު ބޮޑުވެ ‏‏މިހާރުވަނީ ޖާގަ ލިބުން ދަތިވެފަ އެވެ. ‏

‎”ޓިކެޓް ބުކްކުރަން ފަށައިފި މީގެ މަހަކަށްވުރެ ގިނަ ދުވަސް ކުރިން. ‎‏ވަރަށް ބާރުބޮޑުކޮށް މިއުޅެނީ، މި ޗުއްޓީ އެއްކޮށް މިއޮތީ ފުލްކޮށް،” މާލެއާއި އޭދަފުއްޓާ ދެމެދު ‏‏ފެރީގެ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ސޭލަމު ސްޕީޑް ފެރީން ބުންޏެވެ. ‏

‏މާލެއާ އޭދަފުއްޓާ ދެމެދު ދަތުރުކުރާ އެޓޯލް ކިއުޓް ފެރީގެ ‏‏ދަތުރުތައް ވެސް ވަނީ ފުލްވެފަ އެވެ. އެތަނުން ބުނީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ކޮންމެ ފަހަރަކުވެސް ލޯންޗު ދަތުރުތަކަށް ބާރު ބޮޑުވާ ކަމަށާއި އާއްމުން ދުރާލާ ޓިކެޓް ބުކް ކޮށްފައިވާ ކަމަށެވެ.

10428500_1434380446826756_7249484788769064624_n

ބޮޑު ޗުއްޓީއާ ދިމާކޮށް ދަތުރުތަކުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން ޗުއްޓީ ފެށުނު ތަނާހެން ހަފްތާގެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވަނީ ލޯންޗު ދަތުރުތައް ބާއްވައިފަ އެވެ، އަދި މިހާރު ޝެޑިއުލު ކުރެވިފައިވާ ބައެއް ދުވަސްދުވަހު ދެ ދަތުރުވެސް ބާއްވަން ޖެހޭ ކަމަށް ލޯންޗު ދަތުރުކުރާ ފަރާތްތަކުން ބުންޏެވެ. މާލެ އާ އޭދަފުއްޓާ ދެމެދު ދެ ކުންފުނިން ފެރީ ލޯންޗު ދަތުރުތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހު އެވެ.

ސޭލަމް އަދި އެޓޯލް ކިއުޓުންވެސް ބުނި ގޮތުގައި ބޮޑު ޗުއްޓީއާ ދިމާކޮށް ދަތުރުތަކަށް ބާރުބޮޑުވަނީ ކޮންމެ ‏‏އަހަރަކުވެސް މިދުވަސްކޮޅު ބޭސްފަރުވާ އަށް ރަށުން ބޭރަށްދާ މީހުނާއި ޗުއްޓީއާ ދިމާކޮށް ހިތާނީ މޫސުމަށް ‏‏ރަށަން އަންނަ މީހުން ގިނަ ކަމުންނެވެ.

‏ލޯންޗު ދަތުރުކުރާ ފަރާތްތަކުން ބުނީ ބޮޑު ޗުއްޓީއާ ދިމާކޮށް ލޯންޗު ދަތުރުތަކަށް ބާރު ބޮޑުވެގެން ދިޔަ ‏‏ނަމަވެސް ސްކޫލުތައް ހުޅުވުމާއެކު ލޯންޗު ދަތުރުތައް ކުރިއެކޭ އެއްގޮތަށް ހަމައަކަށް އެޅޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.