ނުކުޅެދުންތެރިކަން ހުންނަ ބ. އަތޮޅުގެ ދެ މީހަކަށް ފެނަކައިން ވަޒީފާ ދީފި

ޝާހު (ކ) އަދި ސުއޫދު، ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް މިއަދުވަނީ ފެނަކައިން ވަޒީފާދީފައި
ޝާހު (ކ) އަދި ސުއޫދު، ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް މިއަދުވަނީ ފެނަކައިން ވަޒީފާދީފައި

ނުކުޅެދުންތެރިކަން ހުންނަ 100 މީހަކަށް ސަރުކާރުންދެއްވާ ވަޒީފާގެ ފުރުސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން ބ. އަތޮޅުގެ ދެމީހަކަށް ވަޒީފާ ހަމަޖައްސައިދީފި އެވެ.

މި ޕްރޮގްރާމުގެ ދަށުން ފެނަކަ ކޯޕަރޭޝަން އޭދަފުށީ ބްރާންޗަށް އޭދަފުށީ ލަންސިމޫގޭ މުހައްމަދު ޝާހު ހަމަޖެއްސިއިރު، ހިތާދޫ ބްރާންޗަށް ހަމަޖެއްސީ އެރަށު އުތުރުގޭ ސުއޫދު ގާސިމު އެވެ. ހިމެނެނީ ފެނަކަ ކޯޕަރޭޝަންނުން ބުނި ގޮތުގައި ފެނަކަ ކޯޕަރޭޝަންގެ އެކި ބްރާންޝްތަކުން މިއަދު ވަޒީފާ ހަމަޖައްސައިދިން މީހުންގެ ތެރޭގައި ގ އުފެދުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކި ހާދިސާތަކާ ގުޅިގެން ނުކުޅެދުންތެރިކަން ލިބިފައިވާ މީހުންނެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަޒީފާގެ ލިއުން އެ މީހުންނާ ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ އެ ކުންފުނީގެ އެކި ބްރާންޗްތަކުން 100 މީހަކަށް ވަޒީފާ ހަމަޖެއްސީ ހާއްސަ އޮޑިޓެއް ހަދައި އެ މީހެއްގެ ގާބިލްކަމާއި އަދާކުރެވޭނީ ކޮން ވަޒީފާއެއްތޯ ބަލާފައި ކަމަށެވެ.

އަލަށް ވަޒީފާ ހަމަޖެއްސި މުވައްޒަފުންނަށް، ފެނަކައިގެ އެހެން މުވައްޒަފުންނާ ތަފާތުކުރުމެއް ނެތި ލޯތްބާއި އޯގާތެރިކަން ކުންފުނީގެ ތެރެއިން ލިބޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.