ޑިންގީ އެކްސިޑެންޓުގައި އަނިޔާވި ހަންނާން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަނީ

ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދަނީ. އެކަކުގެ ހާލު އަދިވެސް ސީރިއަސް ކަމަށްވޭ.
ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދަނީ. އެކަކުގެ ހާލު އަދިވެސް ސީރިއަސް ކަމަށްވޭ.

ބ. ފެހެންދޫ އާއި ގޮއިދުއާ ދެމެދު ދަތުރުކުރި ޑިންގީއެއް ޖެހި މިދިޔަ ބުދަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ބ. ގޮއިދޫ މާހަލް، ޢަބްދުލްހަންނާނަށް އިތުރު ފަރުވާދިނުމަށް ރާއްޖޭން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް އާއިލާއިން ބުނެފި އެވެ.

ހަންނާންގެ އާއިލާގެ ބޭފުޅަކު “އީޓީ” އާ ވާހަކަ ދައްކަމުން ބުނީ، ހަންނާން އަށް އިތުރު ފަރުވާދިނުމަށް ސްރީ ލަންކާއަށް ގެންދިއުމުގެ މަސައްކަތް ކުރާކަމަށާއި، ހުރިހާ ކަމެއް ހަމަޖެހުނުހާ އަވަހަކަށް ފުރާނެކަމަށެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އަނިޔާއާއި ގުޅިގެން ވާހަކަދެއްކުމުގައި ހަންނާންއަށް އުނދަގޫތަކެއް ހުރިއިރު، އޭނާގެ ވާތުފައިވެސް ހަރަކާތް ނުކުރެ އެވެ.

މި އެކްސިޑެންޓް ހިނގީ ވެލި ނެގުމަށްޓަކައި ގޮއިދޫން ދަތުރުކުރި ޑިންގީއަކާއި ފެހެންދޫން ދެ ޓޫރިސްޓަކު ގޮވައިގެން ދިޔަ ޑިންގީއެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި ޒަހަމްވީ ދެ ޑިންގީގައި ތިބި ހަތަރު ދިވެހިންނެވެ.

އެކްސިޑެންޓްގައި ދެން އަނިޔާ ލިބުނީ ގޮއިދޫ ލިލީވިލާ، އަހްމަދު މަޖީދު އަށާއި އެރަށު އައްސޭރި، ހަސަން ޔާސިރުގެ އިތުރުން ހދ. ނެއްލައިދޫ، އަހްމަދު ނާސިހު އަށެވެ. މި ތިން މީހުންނަށްވެސް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.