
ބަހިއްޔާ ޕްރީ ސްކޫލުގެ ނާސަރީ އާއި ޔޫކޭޖީ އަދި އެލްކޭޖީ ކުދިންގެ ސްޕޯޓްސް މީޓު ބާއްވައިފި އެވެ.
އިއްޔެ ހެނދުނާއި ހަވީރު މި ސްޕޯޓްސް މީޓްގައި ކުރިއަށްގެންދިޔަ ކުޅިވަރު ތަކުގެ ތެރޭގައި ގޯނި ރޭސް، ފުޅިއަށް ފެންއެޅުން ބޯޅަ ހޮވުން، ކުލަ މަތި އެމުނުން، ބީން ބޭގް، ގޯނިރޭސް، ރިލޭ ރޭސް، ފުއްޕާހަން ފެޅުން ފަދަ ކުޅިވަރުތައް ހިމެނޭކަމަށް އެ ސްކޫލުން ބުންޏެވެ.
ބަހިއްޔާ ޕްރީ ސްކޫލުން ބުނީ މިފަދަ ސްޕޯޓްސް މީޓެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކުދިންގެ ވިސްނުން ރަގަޅުކޮށް އެކުދިން ހުނަރުތައް ދައްކައިދީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ކުދިންތަކެއް ތަރައްގީކުރުންކަމަށެވެ.
އިއްޔެ ހަވީރު ނިމުނު މި ސްޕޯޓްސް މީޓްގެ އެކިއެކި ގޭމްތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް މެޑަލް ހަވާލުކޮށްދެއްވީ ސްޕޯޓުސް މީޓުގެ ޝަރަފްވެރި މެހެމާން ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗުގެ މެނޭޖަރު ޒަހިއްޔާ އިބްރާހީމެވެ.
މި ސްޕޯޓުސް މީޓުގައި އެ ސްކޫލުގެ 100 އަށްވުރެ ގިނަ ދަރިވަރުންވަނީ ބައިވެރިވެފަ އެވެ.
(މި ޚަބަރާގުޅޭ އިތުރު ފޮޓޯތައް ފޮޓޯ ގެލެރީގައި)