ލަންކާގެ އިންސްޓިޓިއުޓަކާ ގުޅިގެން ޓްރޭނިން ޕްރޮގްރާމުތައް ހިންގަން ފޭލިން މަޝްވަރާކޮށްފި

ސްރީލަންކާގެ އިންސައިޓް - އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީގެ އިސް ބޭފުޅުންނާ ފޭލިން ބައްދަލުކުރަނީ—ފޮޓޯ / ފޭލި ޖަމިއްޔާ
ސްރީލަންކާގެ އިންސައިޓް – އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީގެ އިސް ބޭފުޅުންނާ ފޭލިން ބައްދަލުކުރަނީ—ފޮޓޯ / ފޭލި ޖަމިއްޔާ

ތަފާތު ދާއިރާތަކުން މީހުން ބިނާކުރުމަށާއި ޓްރޭއިނިން ޕްރޮގްރާމުތައް ހިންގުމަށް ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ސްރީލަންކާގެ އިންސައިޓް – އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ފޭލި ޖަމިއްޔާއިން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ އިންސައިޓް – އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީގެ ކޮންފަރެންސް ރޫމުގަ އެވެ. މި ބައްދަލުވުމުގައި ކޮލަބޯ އޯޕަން ޔުނިވަސިޓީ ސީއީއޯ ހިލްމީ ސުލައިމާން އާއި އެ އިންސްޓިޓިއުޓްގެ އިސްވެރިންގެ އިތުރުން ފޭލި ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ދެ މެންބަރަކު ބައިވެރިވި އެވެ. ހިލްމީ ސުލައިމާން އަކީ ސްރީ ލަންކާގެ ގިނަ ކުންފުނިތަކެއްގެ ބިޒްނަސް ކޮންސަލްޓެންޓެކެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވި މަޝްވަރާ ކުރެވުނީ ސްރީ ލަންކާގެ އިންސައިޓް އިންސްޓިޓިއުޓާ ގުޅިގެން ވޮކޭޝަނަލް ޓްރޭނިން ޕްރޮގްރާމުތައް ހިންގުމަށާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިން ޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެދިނުމާ ގުޅޭގޮތުންނެވެ.

“މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ އެ އިންސްޓިޓިއުޓާ ގުޅިގެން ޓްރޭނިން ޕްރޮގްރާމުތައް ހިންގުމަށާއި އެކި ދާއިރާތަކުން ވޮކޭޝަނަލް ޓްރޭނިން ޕްރޮގްރާމުތައް ހިންގުމާ ގުޅޭގޮތުން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ އިންސްޓިޓިއުޓާއެކު އެމްއޯޔޫއެއްގައި ސޮއި ކުރެވޭނެ،” ފޭލި ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސްރީ ލަންކާގެ އިންސައިޓް – އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ ގައި ސެޓިފިކެޓް ލެވެލް އާއި ޑިޕްލޮމާ އަދި އެޑްވާންސްޑް ޑިޕްލޮމާ ކޯސްތައް ހިންގަ އެވެ. އެގޮތުން ސިވިލް އިންޖިނިއަރިން އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން ޕްރައިމަރީ ޓީޗިން އާއި އައިޓީ އަދި ބިޒްނަސް މެނޭޖްމެންޓްގެ ތަފާތު ކޯސްތައް ކުރިއަށް ގެންދެ އެވެ. މީގެ އިތުރުން ބޭރުގެ ޔުނިވަސިޓީތަކާ ގުޅިގެން އަންޑަ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ކޯސްތައްވެސް ހިންގުމަށް އެ އިންސްޓިޓިއުޓުންދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.