ދިރާގު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ލ. އަތޮޅަށް

ދިރާގު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްލ. އަތޮޅުގައި އިއްޔެ ދޭން ފެށުން ފާހަގަ ކުރަނީ -- ފޮޓޯ ދިރާގު
ދިރާގު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްލ. އަތޮޅުގައި އިއްޔެ ދޭން ފެށުން ފާހަގަ ކުރަނީ — ފޮޓޯ ދިރާގު

ދިރާގުން ފޯރުކޮށްދޭ ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު އެ ހިދުމަތް ލ. އަތޮޅުގައި ދޭން ފަށައިފި އެވެ.

މި ހިދުމަތް މިހާރު ހަމައެކަނި ލ. ގަމަށް ދިން ނަމަވެސް އެ އަތޮޅު ފޮނަދޫއަށް އެ ހިދުމަތް ދިނުމަށް ވެސްދަނީ ތައްޔާރުވަމުންނެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެ އަތޮޅު އެހެން އަތޮޅު ރަށްތަކަށް ވެސް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދޭން ފަށާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ ގަމަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް މިއަދު ފެށީ ހާއްސަ ޕްރޮމޯޝަނަކާއެކު ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ފައިބާ ހިދުމަތައް އެދޭ ހުރިހާ ފަރާތްތަކަށް ފައިބާ ބޮރޯޑްބޭންޑް ކަނެކްޝަނެއް ހިލޭ ދިރާގުން ގުޅައިދޭނެ ކަމަށެވެ.

ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ލ. އަތޮޅުގައި ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގު ޑައިރެކްޓާ ސޭލްސް ކަސްޓަމާ ސާވިސަސް އަލީ ރިޔާޒް ވިދާޅުވީ ދިރާގުގެ އަމާޒަކީ ރާއްޖޭގެ ހުރިހަ ހިސާބަކަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.