ބ. މާޅޮހުން ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން 34 މީހަކަށް ބިން ހަވާލު ކޮށްފި އެވެ.
މާޅޮހުން ގޯތި ބޭނުންވާ ފަރާތްތަކަށް މިއަހަރު ފުރުސަތު ހުޅުވާލުމުން 50 އަށްވުރެ ގިނަ ފަރާތުން ވަނީ ގޯއްޗަށް އެދި ފައެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ފުރިހަމަވެގެން މިފަހަރު ގޯތި ލިބުނީ 34 މީހަކަށެވެ.
އެ 34 ފަރާތަށް ދޫކޮށްފައި ވަނީ 2000 އަކަފޫޓުގެ ބިމެވެ.
މާޅޮހު ކައުންސިލުން ބުނިގޮތުގައި ގޯއްޗަށް ޝަރުތު ފުރިހަމަވީ 34 ފަރާތަށް މިދިޔަ ހުކުރު ދުވަހު ގޯތި ހަވާލުކޮށް މިހާރު ކަންމުޑިވެސް އަޅާ ނިމިފައިވާ ކަމަށެވެ.
މާޅޮހުން މިފަހަރު ދޫކޮށްފައިވަނީ 2000 އަކަފޫޓްގެ ގޯއްޗެވެ. އެރަށު ކައުންސިލުން ބުނީ އަދިވެސް ގޯތި ދޫކުރެވޭ ވަރަށް ރަށުގައި ޖާގަ އޮތް ކަމަށާއި، އަންނަ އަހަރުވެސް އެރަށުން ގޯއްޗަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ބ. މާޅޮހަކީ އާބާދީގައި 688 މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.