ބ. އަތޮޅުގެ ގިނަ ރަށްރަށުން ތަރައްގީ އާއި ފައިނޭންސަލް ޕްލޭން ނުފޮނުވާ

ބ. އަތޮޅު ކައުންސިލުން އޭދަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުެއްގެ ތެރެއިން،
ބ. އަތޮޅު ކައުންސިލުން އޭދަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުެއްގެ ތެރެއިން،

ކުރިޔަށް އޮތް ފަސް އަހަރަށް ކައުންސިލްތަކުން ތައްޔާރު ކުރަން ޖެހޭ ތަރައްގީގެ ޕްލޭންއާއި ފައިނޭންޝަލް ޕްލޭން މުއްދަތު ހަމަވިއިރު ބ. އަތޮޅުގެ ގިނަ ކައުންސިލުތަކުން ނުފޮނުވާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އެލްޖީއޭއިން ބުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ތައްޔާރު ކުރަން ޖެހޭ ތަރައްގީ އާއި ފައިނޭންޝަލް ޕްލޭން އެލްޖީއޭ އަށް ފޮނުވަންޖެހޭ އެންމެ ފަހު ތާރީހު މިމަހު 12 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ.

އަދި އެ މުއްދަތު ތެރޭގައި ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް ބ. އަތޮޅު ކައުންސިލުން ފޮނުވާފައިވާ އިރު، މިއަތޮޅު ރަށު ކައުންސިލުތަކުގެ ތެރެއިން ޕްލޭން އެއްކޮށް ތައްޔާރުކޮށް ފޮނުވާފައިވަނީ ކެންދޫ ކައުންސިލުން އެކަންޏެވެ. އޭދަފުށީ ކައުންސިލުން ފޮނުވާފައިވަނީ ހަމައެކަނި ތަރައްގީގެ ޕްލޭނެވެ.

އެލްޖީއޭގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ލިސްޓްގައިވާ ގޮތުން އެ މުއްދަތު ތެރޭގައި ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް ފޮނުވާފައިވަނީ 10 އަތޮޅު ކައުންސިލަކުންނާއި 56 ރަށު ކައުންސިލަކުންނެވެ. ތަރައްގީގެ ޕްލޭން ފޮނުވާފައި ވަނީ 14 އަތޮޅު ކައުންސިލަކުންނާއި 66 ރަށު ކައުންސިލަކުން ކަމަށް އެލްޖީއޭއިން ބުންޏެވެ. އަދި މުއްދަތު ފާއިތުވެދިޔައިރު އެއްވެސް ސިޓީ ކައުންސިލަކުން އެ ޕްލޭންތައް ފޮނުވާފައިނުވާ ކަން އެލްޖީއޭއިން ފާހަގަ ކުރި އެވެ.

ލާމަރުކަޒީ ގާނޫނުގެ 108 އަދި 109 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮންމެ ކައުންސިލަކުން ވެސް ތަރައްގީގެ ޕްލޭން ތައްޔާރުކުރަން ލާޒިމްކުރެ އެވެ. އަދި ރަށު ތަރައްގީގެ ޕްލޭނާއި އިދާރީ ދާއިރާތަކުގެ ތަރައްގީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް ފަސް އަހަރުގެ ފައިނޭންޝަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް އާއްމުކުރުމަކީ ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.