ކައިވެނީގެ ހަދިޔާގެ ގޮތުގައި އިޝާމާއަށް ލިބުނު ހުރިހާ ފައިސާއެއް ޑައުން ސިންޑްރޯމް ކުދިންނަށް

15731565_746649905500649_1062966914_n

ކައިވެނީގެ ހަދިޔާގެ ގޮތުގައި މިރަށު ހިރިގާ، ޢާއިޝަތު އިޝާމާ (އިޝޫ) އަށް ލިބުނު ހުރިހާ ފައިސާއެއް ޑައުންސިންޑްރޯމް ކުދިންނަށް ހަދިޔާކޮށްފިއެވެ.

އިޝާމާ އާއި އިބްރާހީމް މޫސާ (ފޯޑް) ގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގެ ހިތްގައިމު އަތިރިމަތީގައެވެ. ގާތްގަނޑަކަށް 300 މީހުންނަށް ދައުވަތު ދީގެން ބޭއްވި މި ހަފްލާގައި ފައިސާގެ ގޮތުގައި 12000 ރުފިޔާ ވަނީ ލިބިފައެވެ. މި ފައިސާގެ އެ ދެމަފިރިން ހަދިޔާ ކުރީ ޑައުން ސިންޑްރޯމް ކުދިންގެ ހައްގުގައި މަސައްކަތް ކުރާ “ބިއުޓިފުލް އައިސް” ޖަމިއްޔާއަށެވެ.

ކައިވެނި ކުރާއިރު އެފަދަ ކަމެއް ކުރުމުގެ ހިޔާލު ކުރިންވެސް ގެންގުޅޭކަމަށް ފޯޑު ވަނީ ބުނެފައެވެ. އަދި އާ ހަޔާތެއް ފަށާއިރު ގިނަ ބައެއްގެ ހެޔޮ ދުޢާ ލިބި، ނުކުޅެދުންތެރިކަން ހުންނަ ކުދިންތަކަކަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ އެދެމަފިރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އިޝާމާގެ ފިރިމީހާ ވަނީ ބުނެފަ އެވެ.

މިދެމަފިރިންގެ ހަދިޔާ ބިއުޓިފުލް އައިސް ޖަމިއްޔާއިން ވަނީ އުފަލާއިއެކު ބަލައިގެންފައެވެ. ބިއުޓިފުލް އައިސްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މިއީ އެޖަމިއްޔާއަށް މިފަދަ ގޮތަކަށް ފައިސާ ލިބުނު ފުރަތަމަ ފަހަރުކަމަށެވެ.

މީ މިފަދަގޮތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ. ފޯޑް އާއި އިޝޫ ހަދިޔާކުރި ފައިސާ ހަރަދުކުރާނީ ބިއުޓިފުލް އައިސްގައި ރަޖިސްޓްރީވެފައިވާ ކުދިންގެ ފަރުވާ އަށާއި ޓީޗަރުންނަށް މުސާރަ ދިނުމަށް ކަމަށް އެޖަމިއްޔާ އިން މައުލޫމާތު ދެއެވެ.

އިޝާމާގެ ކައިވެންޏަށް “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.