އަންނަ އަހަރު އޭދަފުށީގައި 100 ހައުސިން ޔުނިޓް އަޅަނީ

ބ. އޭދަފުށި. އަންނަ އަހަރު ކުރީ ކޮޅު އޭދަފުށިގަިއ ހައުސިން ޔުނިޓް އަޅަން ފަށާނެ-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ބ. އޭދަފުށި. އަންނަ އަހަރު ކުރީ ކޮޅު އޭދަފުށިގަިއ ހައުސިން ޔުނިޓް އަޅަން ފަށާނެ– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

އަންނަ އަހަރު ބ. އޭދަފުށީގައި 100 ހައުސިން ޔުނިޓު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭދަފުށީގެ އިތުރުން ހައުސިން ޔުނިޓްތައް އަޅާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ށ. ކޮމަންޑޫ، އާއި ޅ. ހިންނަވަރު އާއި ނައިފަރު އަދި ދ. މީދޫ، އަދި އެއަތޮޅު. ކުޑަހުވަދޫގެ އިތުރުން ސ. ފޭދޫ އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ މި އަށް ރަށުގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ރައީސް އޮފީހުންވެސް އަންގާފައިވާ ކަމަށާއި އެހެންވެ އެ ހައުސިން ޔުނިޓުތައް އަޅާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ރަށްރަށުގައި 600 ހައުސިން ޔުނިޓް އެޅުމަށް އަންނަ އަހަރު ބަޖެޓްގައިވެސް ވަނީ ހިމަނާފަ އެވެ.

2014 ވަނަ އަހަރު ބާރަ ވަރަކަށް ދުވަހުން އޭދަފުށީގެ ބިން ހިއްކައި ނިމުނުއިރު ރަށުގެ ބިމުގެ ސައިޒަށް ގާތްގަޑަކަށް 56 ހެކްޓަރު ބިން ވަނީ ބޮޑުވެފަ އެވެ. ކުރިން މިރަށުގެ ބިމުގެ ސައިޒަކީ ގާތްގަޑަކަށް 31 ހެކްޓަރެވެ. ބިންހިއްކިފަހުން ހައުސިން ޔުނިޓުތަކެއް އެޅުމަކީ މިރަށުގެ ރައްޔިތުން ކުރަމުން އަންނަ ވަރަށް ބޮޑު އުއްމީދެކެވެ.

އޭދަފުށީގެ ބިން ބޮޑުކޮށް، ކައިރީގައި ހުރި ކުދި ރަށްތަކުން މި ރަށަށް މީހުން ހިޖުރަކުރުމަކީ ރަށް އިތުރަށް ތަރައްގީވެ ސަރުކާރުގެ ބަޖެޓަށް ވެސް ވަރަށް ބޮޑަށް ލުއި ވާނެ ކަމެއް ކަމަށް ބިންހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވަނީ ވިދާޅުވެފައެވެ.

“އޭދަފުށީގައި މިހާރު ބިން ބޮޑުވެގެން ދިއުމާއެކުގައި، އަޅުގަނޑުމެންގެ ރަށްރަށުގެ ނިސްބަތުން އާބާދީ 3،000 އަށް ވުރެ މަތީގެ ރަށްރަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗާއެއް ދާދި އަވަހަށް ހަމަވާން ކައިރި މިވަނީ، ﷲގެ ރަހުމަތާ އެކު އޭދަފުއްޓަށް ބޭނުންވާ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން،” 2014 ވަނަ އަހަރު ބިންހިއްކުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވުމަށްފަހު ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.