އުރީދޫގެ ސަބްމެރިން ކޭބަލް މާދަމާ އޭދަފުއްޓާއި ގުޅާލަނީ

އުރީދޫ އިން ސަބްމެރިން ކޭބަލް އެޅުމަށް ބޭނުން ކުރާ ބޯޓް އޭދަފުއްޓަށް އައިސްފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އުރީދޫ އިން ސަބްމެރިން ކޭބަލް އެޅުމަށް ބޭނުން ކުރާ ބޯޓް އޭދަފުއްޓަށް އައިސްފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އުރީދޫން ރާއްޖޭގެ ދެކުނުން އުތުރަށް އަޅަމުންދާ ނޭޝަން ވައިޑް ސަބްމެރިން ކޭބަލް، ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ މާދަމާ ގުޅުވާލާގޮތަށް ހަމަޖެހިއްޖެއެވެ.

އޭދަފުށީ އުރީދޫ ބްރާންޗުގެ އިންޗާޖް އަހުމަދު މިރްސާލް އީޓީއަށް މައުލޫމާތު ދެމުން ވިދާޅުވީ ސަބްމެރިން ކޭބަލް އޭދަފުއްޓާއި ގުޅާލުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް މިހާރު ވަމުން އަންނަ ކަމާށައި އަދި ކޭބަލް ލޭންޑިން ސްޓޭޝާނާ ގުޅުވާލުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ފަތިހު 6 ޖަހާއިރު ކަމަށެވެ. ސަބްމެރިން ކޭބަލް މުޅި ރާއްޖޭގެ ދެކުނުން އުތުރަށް އެޅުމަށް ބޭނުން ކުރާ ބޯޓް މިހާރު ވަނީ އޭދަފުއްޓަށް އައިސްފައެވެ.

އުރީދޫން އޭދަފުށީގައި ސްބްމެރިން ގުޅާލާ ލޭންޑީން ސްޓޭޝަން ގާއިމުކޮށްފައިވަނީ މިރަށު ހުޅަނގު ދެކުނު ފަރާތުގައި ދިރާގުންވެސް ސަބްމެރިން ކޭބަލް ލޭންޑް ކުރި ސަރަހައްދުގަ އެވެ.

މި ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އެދުވަހު އުރީދޫން ވަނީ އެ ކޭބަލް ސ. ހިތަދޫގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ގުޅާލާފައި އެވެ. އޭގެ ފަހުން މި ބޭބަލް މިމަހުގެ 13 ވަނަ ދުވަހު ގދ. ތިނަދޫއާ ގުޅާލާފައިވާއިރު މިދިޔަ ހަފްތާ ވަނީ ހުޅުމާލޭ ލޭންޑިން ސްޓޭޝަނާވެސް ގުޅާލައިފަ އެވެ.

ފަންސަވީސް މިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އުރީދޫން ބުނި ގޮތުގައި އަންނަ މަހު ނިންމާލެވޭނެ ކަމަށް ލަފާކުރެވެ އެވެ. މި ކޭބަލް މުޅި ރާއްޖޭގައި ދަމާލުމަށް، ހިތަދޫ އާއި ތިނަދޫއާއި، ހުޅުމާލޭގެ އިތުރުން މ. ކޮޅުފުށި، ބ. އޭދަފުށި އަދި ހދ. ކުޅުދުއްފުށީގައި ލޭންޑިން ސްޓޭޝަންތައް ވަނީ ގާއިމްކޮށްފަ އެވެ.

މިއީ އުރީދޫ އަށް ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބުމުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވީހާ ވެސް އަވަހަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ފަށާފައިވާ 25 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.