އުރީދޫގެ ސަބްމެރިން ކޭބަލް އޭދަފުއްޓާ ގުޅާލައިފި

އުރީދޫގެ ސަބްމެރިން ކޭބަލް އޭދަފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ގުޅާލުމުގެ މަސައްކަތް މިއަދު ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އުރީދޫގެ ސަބްމެރިން ކޭބަލް އޭދަފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ގުޅާލުމުގެ މަސައްކަތް މިއަދު ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އުރީދޫން ރާއްޖޭގެ ދެކުނުން އުތުރަށް އަޅަމުންދާ ނޭޝަން ވައިޑް ސަބްމެރިން ކޭބަލް، ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ މިއަދު ހެނދުނު ގުޅާލައިފިއެވެ.

އުރީދޫން އޭދަފުށީގައި ސްބްމެރިން ގުޅާލާ ލޭންޑީން ސްޓޭޝަން ގާއިމުކޮށްފައިވަނީ މިރަށު ހުޅަނގު ދެކުނު ފަރާތުގައި ދިރާގުންވެސް ސަބްމެރިން ކޭބަލް ލޭންޑް ކުރި ސަރަހައްދުގަ އެވެ. އޭދަފުށީ ލޭންޑިން ސްޓޭޝަނާ ގުޅާލުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ފަތިހުއެވެ.

މި ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އެދުވަހު އުރީދޫން ވަނީ އެ ކޭބަލް ސ. ހިތަދޫގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ގުޅާލާފައި އެވެ. އޭގެ ފަހުން މި ބޭބަލް މިމަހުގެ 13 ވަނަ ދުވަހު ގދ. ތިނަދޫއާ ގުޅާލާފައިވާއިރު މިހާރު ވަނީ ހުޅުމާލޭ ލޭންޑިން ސްޓޭޝަނާވެސް ގުޅާލައިފަ އެވެ.

އުރީދޫގެ ސަބްމެރިން ކޭބަލް އޭދަފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ގުޅާލުމުގެ މަސައްކަތް މިއަދު ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އުރީދޫގެ ސަބްމެރިން ކޭބަލް އޭދަފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ ގުޅާލުމުގެ މަސައްކަތް މިއަދު ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ފަންސަވީސް މިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އުރީދޫން ބުނި ގޮތުގައި އަންނަ މަހު ނިންމާލެވޭނެ ކަމަށް ލަފާކުރެވެ އެވެ. މި ކޭބަލް މުޅި ރާއްޖޭގައި ދަމާލުމަށް، ހިތަދޫ އާއި ތިނަދޫއާއި، ހުޅުމާލޭގެ އިތުރުން މ. ކޮޅުފުށި، ބ. އޭދަފުށި އަދި ހދ. ކުޅުދުއްފުށީގައި ލޭންޑިން ސްޓޭޝަންތައް ވަނީ ގާއިމްކޮށްފަ އެވެ.

މިއީ އުރީދޫ އަށް ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބުމުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވީހާ ވެސް އަވަހަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ފަށާފައިވާ 25 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެކެވެ.

އުރީދޫގެ ސަބްމެރިން ކޭބަލް ނެޓްވޯކް އަޅައި ބޭނުންކުރަން ފަށުމުން މުޅި ރާއްޖެ އަށް 4ޖީ+ ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް އަންނަ މަހުގެ 15 ގައި ދޭން ފަށަން ކުންފުނިން މިހާރުވަނީ ނިންމައިފަ އެވެ. އަދި ހުރިހާ ރަށެއްގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ގާތްގަނޑަކަށް ތިން މަސްދުވަހުގެ ތެރޭގައި ދޭން ފަށާނެކަން ވެސް އުރީދޫން ވަނީ އިއުލާންކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.