ޑިންގީ އެކްސިޑެންޓްގައި އަނިޔާވި ހަންނާނުގެ ހާލު އަންނަނީ ރަނގަޅުވަމުން: އާއިލާ

ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހަކަށް ފަރުވާ ދިނުމަށް އިއްޔެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދަނީ. އެކަކުގެ ހާލު އަދިވެސް ސީރިއަސް ކަމަށްވޭ.
ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހަކަށް ފަރުވާ ދިނުމަށް އިއްޔެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދަނީ. އެކަކުގެ ހާލު އަދިވެސް ސީރިއަސް ކަމަށްވޭ.

ބ. ފެހެންދޫ އާއި ގޮއިދުއާ ދެމެދު ދަތުރުކުރި ދެ ޑިންގީއެއް މިދިޔަމަހުގެ 21 ވަން ދުވަހު ހިނގި އެކްސިޑެންޓެއްގައި އެންމެ ބޮޑަށް އަނިޔާވި އަބްދުލްހަންނާނުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އެ އެކްސިޑެންޓްގައި އަނިޔާލިބިގެން ހަންނާނު އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގޮއިދޫ ސިއްހީ މަރުކަޒުގަ އެވެ. އަދި އިތުރުފަރުވާ ދިނުމަށް ހަމަ އެދުވަހު ވަނީ މާލޭ ފޮނުވާލާފަ އެވެ.

އެކަމަކު ފަހުން އިތުރު ފަރުވާ އަށް ސްރީ ލަންކާއަށް ގެންގޮސް އެތަނުގެ ޑާޑެންސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޑޮކްޓަރާ ހަވާލާދެއްވައި ހަންނާނުގެ ބޭބެ މުހައްމަދު އާމިރު ޑާޑެންސް ހޮސްޕިޓަލުގައި ހުރެ “އީޓީ” އާ ވާހަކަ ދައްކަމުން ވިދާޅުވީ މި އެކްސިޑެންޓްގެ ސަބަބުން އޭނާގެ ސިކުނޑިއަށާއި އަދި ބައެއް ނާރުތަކަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.

 

“މިހާރު އޮށޯވެ އޮވެ، އަމިއްލައަށް އެދުމަތީ އިށީ އިނދެވޭ. އެކަމަކު ކޮޅަކަށް އަދި ނުހުރެވޭ. އެދުގައި އޮށޯވެގެން އޮވެ ވާތުފައި ކުޑަކޮށް ހިއްލާލެވޭ މިހާރު،” ގޮއިދޫ އާމިރު ބުންޏެވެ.

 

އާމިރު ވިދާޅުވީ ހަންނާން އަށް މިހާރު ފިޒިއޯތެރަޕީ ދެމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓުގައި ހަންނާނުގެ އިތުރުން އިތުރު 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އެ ތިން މީހުނަށްވެސް އައިޖީއެމްއެޗުން ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

މި އެކްސިޑެންޓް ހިނގީ ވެލި ނެގުމަށްޓަކައި ގޮއިދޫން ދަތުރުކުރި ޑިންގީއަކާއި ފެހެންދޫން ދެ ޓޫރިސްޓަކު ގޮވައިގެން ދިޔަ ޑިންގީއެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި ޒަހަމްވީ ދެ ޑިންގީގައި ތިބި ހަތަރު ދިވެހިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.