ޤުުރުއާނާބެހޭ މަރުކަޒު ހަތަރު އަތޮޅާ ދިރާގުން ގުޅާލައިފި

ޤުުރުއާނާބެހޭ މަރުކަޒު ހަތަރު އަތޮޅަކާ ގުޅާލުމަށް ދިރާގުން ބޭއްވި ރަސްމިއްޔާރު. ފޮޓޯ / ދިރާގު
ޤުުރުއާނާބެހޭ މަރުކަޒު ހަތަރު އަތޮޅަކާ ގުޅާލުމަށް ދިރާގުން ބޭއްވި ރަސްމިއްޔާރު. ފޮޓޯ / ދިރާގު

ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ޤުރުއާނާއި ބެހޭ މަރުކަޒަށް ހިލޭ މެގަ އެކްސެސް ގާއިމް ކޮށްދީ ހަތަރު އަތޮޅަކާއި ދިރާގުން ގުޅާލައިފި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދިރާގުން ޤުރުއާނާއި ބެހޭ މަރުކަޒު ގުޅާލާފައިވަނީ ރ. އަލިފުށި، އދ. މާމިގިލި، ފ. ނިލަންދޫ އަދި ޏ. ފުވައްމުލަކާ އެވެ.

ދިރާގުން ބުނީ މި ހިދުމަތުގެ ސަބަބުން އެ މަރުކަޒުތަކުގައި މިހާރު ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ވަގުތުން ޤުރުއާން ކްލާސް ނަގައިދެވޭނެ ކަމަށެވެ.

“މި އިންޓަރެކްޓިވް ރިމޯޓް ކްލާސްތަކުގެ ސަބަބުން މާލޭގައި ތިބެގެން މުދައްރިސުންނަށް ފިލާވަޅު ނަގައިދޭއިރު ދަރިވަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެވޭނެ،” ދިރާގުން ބުންޏެވެ.

ދިރާގުން ބުނިގޮތުގައި މި ހިދުމަތުގެ ސަބަބުން ޤުރުއާނާއި ބެހޭމަރުކަޒުގެ މަސައްކަތްތަކަށް އިތުުރު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ އެވެ. އަދި ޤުރުއާނާއި ބެހޭ ކްލާސްތައް ޑިސްޓަންޓް ލާނިން ޑިޖިޓަލް ޕްލެޓްފޯމަކަށް ގެނައުމުގައި ދިރާގުން އިސްރޯލެއް އަދާކުރެވުނީތީ އެކަމާއި އުފާކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެހެން ރަށްތަކަށް މި ހިދުމަތް ފޯރުކޮށްދޭން އެހީތެރިވެދިނުމަކީ ދިރާގުގެ އަމާޒެއް ކަމަށް އެކުންފުނިން ބުނެ އެވެ.

މި ހިދުމަތާއި ބެހޭގޮތުން ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އަލް އުސްތާޒް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރަށްރަށުގައި ތިބި ފަރާތްތަކަށް ޤުރުއާނު މަރުކަޒުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވާން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިއީ މުދައްރިސުންގެ ދަތިކަން ލިބިފައިވާ ދަނޑިވަޅެއްގައި ލިބުނު ވަަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ދިރާގުން ބުނީ އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒަމާނީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މިފަދަ ތައުލީމާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުމާއި ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.