އޭދަފުށީގައި އިތުރު ސްކޫލަކާއި ދަނާލެއް

މަތިން ނަގާފައިވާ އޭދަފުށީގެ ފަހުގެ ފޮޓޯއެއް. މިރަށުގައި އިތުރު ސްކޫލަކާއި ދަނާލެއް އަޅަން އެޑިޔުޭޝަން މިނިސްޓްރީން ދަނީ މަޗްވަރާ ކުރަމުން. | އީޓީ ފޮޓޯ ރާއިފް ޔޫސުފް
މަތިން ނަގާފައިވާ އޭދަފުށީގެ ފަހުގެ ފޮޓޯއެއް. މިރަށުގައި އިތުރު ސްކޫލަކާއި ދަނާލެއް އަޅަން އެޑިޔުޭޝަން މިނިސްޓްރީން ދަނީ މަޗްވަރާ ކުރަމުން. | އީޓީ ފޮޓޯ ރާއިފް ޔޫސުފް

ބ. އޭދަފުށީގެ އާބާދީއަށް އަންނަމުންދާ ބަދަލުގެ ސަބަބުން ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެތެރޭގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން އިތުރު ކުދިންނަށް ޖާގަ ލިބުމުގައި ދަތިތަކެއް ކުރިމަތި ވެދާނެކަމަށް ގަބޫލުކުރެވޭތީ، އެކަން ހައްލުކުރުމަށްޓަކައި މިރަށުގައި އިތުރު ސްކޫލަކާއި ރެސިޑެންޝިއަލް ލާނިން ސެންޓަރެއް (ދަނާލު) އިމާރާތް ކުރުމަށް މަޝްވަރާ ކުރެވެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާއީލް ޕީއެސްއެމައަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އަލަށް އިމާާރާތްކުރާ ސްކޫލް އިމާރާތްކުރަން ނިންމާފައިވަނީ މިހާރު ހިއްކާފައިވާ ސަރަހައްދުގަ އެވެ. އަދި ހަމަ އެ ސަރަހައްދުގައި ކިޔެވުމަށް ރަށުންބޭރުން އަންނަ ކުދިން ތިބޭނެ ދަނާލެއް އެޅުމުގެ މަޝްވަރާތއްވެސް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ރަށުން ބޭރުން އެންމެ ގިނަ އަދަދަކަށް ތައުލީމު ހާސިލްކުރުމަށް ކުދިން އަންނަ ސްކޫލަށް ވެފައި އަދި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި ވާތީ އެ ސްކޫލުގައި ބާރަ ކްލާސްރޫމުގެ 4 ބުރީގެ އާ އިމާރާތެއް ހެދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އަދި ވޯލްޑްބޭންކުގެ އެހީގައި އިމާރާތްކޮށް 2010 ވަނައަހަރު ހިދްމަތްދޭންފެށި އޭދަފުށީ ރެޝިޑެންޝިއަލް ލާނިން ސެންޓަރު (ދަނާލު) ހުޅުވިފަހުން އަބަދުވެސް އޮންނަނީ ފުލުކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.