ބ. އޭދަފުށީ ދިގަލި ގެއާ ދިމާ ބަނދަރު ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަން ބޭނުންވާތީ އެތަނުގައި ހުރި ތަކެތި ނަގައި ބިން ހުސްކުރަން އޭދަފުށީ ކައުންސިލުން އަންގައިފި އެވެ.
ރަށު ކައުންސިލުން އިއްޔެ އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ އޭދަފުށީ ދިގަލިގޭ ކުރިމަތިން އޮތް ހުސްބިމުގައި އެއްވެސް ފަރާތެއްގެ އެއްޗެއް ބަހައްޓާފައިހުރިނަމަ އެ އެއްޗެއް އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި ނެގުމަށް ތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އަންގާ ކަމަށެވެ.
“އަދި ދެވިފައިވާ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި ނަގަންޖެހޭ އެއްޗެއް ހުރިނަމަ އެ ތަކެތި މި ކައުންސިލުގެ ފަރާތުން ނައްތާލެވޭނެ ކަން އާއްމުކޮށް އަންގައި އިއުލާން ކުރީމެވެ.”
“އީޓީ” އަށް އެނގިފައިވާ ގޮތުގައި އެ ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރަނީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ.
ނަމަވެސް އެ ކްލަބުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކައުންސިލްގެ ބަހެއް ނުހޯދީ ކީއްވޭބާ؟