އިންވިޓޭޝަން ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް އީމާން އަށް

އީމާން (ވ) ބޯޅަ ހިފައިގެން ކުރިއަށްދާން މަސައްކަތް ކުރަނީ. އޭނާ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި. އީޓި ފޮޓޯ | ރާއިފް ޔޫސުފް
އީމާން (ވ) ބޯޅަ ހިފައިގެން ކުރިއަށްދާން މަސައްކަތް ކުރަނީ. އޭނާ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި. އީޓި ފޮޓޯ | ރާއިފް ޔޫސުފް

އަތޮޅު ރަށްތަކަށް ދައުވަތު ދީގެން ދޮންފަނުގައި ކުރިއަށްދިޔަ “ދޮންފަނު އިންވިޓޭޝަން ކަޕް” 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ކިހާދޫ ޓީމުގެ ކެޕްޓަން ޙުސައިން އީމާން (މާނު) ހޯދައިފި އެވެ.

މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އީމާން ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.

އިންވިޓޭޝަން ކަޕް 2016 ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ކިހާދޫ ޓީމުގެ ކެޕްޓަން ހުސައިން  އީމާން (މާނު) ދަނޑުމަތީގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އިންވިޓޭޝަން ކަޕް 2016 ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ކިހާދޫ ޓީމުގެ ކެޕްޓަން ހުސައިން އީމާން (މާނު) ދަނޑުމަތީގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ކިހާދޫ ސީނިއަރ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާ ކުރާ އީމާން އަކީ ކިހާދޫގައި ފަހަކަށް އައިސް އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. މުބާރާތުގައި އޭނާ ވަނީ މާޅޮސް ކޮޅަށް އެއް ގޯލު ޖަހާފައެވެ. އާއްމުކޮށް ކުރިއަށްކުޅޭ އީމާން މުބާރާތުގެ ފައިނަލް މެޗުގައި ފެނުނީ ޓީމުގެ ދިފާއު ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރިތަނެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ދަރަވަންދޫ ޓީމުގެ ކީޕަރު މުޙައްމަދު ރަޝްވާން އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ދަރަވަންދޫ ޓީމުގެ ޙަސަން ނާސިފް އެވެ. އޭނާ ވަނީ މުބާރާތުގައި 4 ގޯލު ކާމިޔާބުކޮށްފައެވެ. މި މުބާރާތުގެ 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ދޮންފަނު ޓީމުގެ އިބްރާހީމް އިރްޝާމް އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ މާޅޮސް ޓީމުގެ ފާލިހު ޢަބްދުލްޤާދިރު ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޗެމްޕިއަން ކިހާދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.