ބިޒްނާސް މޯލްޑިވްސް އަށް ހިބަޅިދޫ އަލުން ދޭން ކޯޓުން އަމުރުކޮށްފި

ބ. ހިބަޅިދޫ
ބ. ހިބަޅިދޫ

ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނުއިރު އެ ރަށް ހިންގުމާ ހަވާލުވެ އޮތް ބިޒްނާސް މޯލްޑިވްސް ކުންފުންޏާ އެރަށް އަލުން ހަވާލުކުރަން ސިވިލް ކޯޓުނއަމުރުކޮށްފި އެވެ.

ބިޒްނާސް މޯލްޑިވްސްއާ އެރަށް އަލުން ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ކޯޓުން އަމުރުކުރީ ހަތިޔާރު ފެނުނު މައްސަލާގައި އެރަށް ސަރުކާރުން އަތުލުމުން އެ މައްސަލަ ބިޒްނާސް ކުންފުނިން ކޯޓަށް ހުށަހެޅުމުންނެވެ.

ގާޒީ މުހައްމަދު ހަލީމް އިއްޔެ ކުރެއްވި ހުކުމުގައިވަނީ ހިބަޅިދޫގެ އެއްބަސްވުން ބާތިލްކޮށް، ސަރުކާރުން ފޮނުވި ނޯޓިހަކީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ ޚިލާފަށް ފޮނުވި ނޯޓިހެއް ކަމަށެވެ. އެހެންވެ، އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެރަށް ބިޒްނާސް ކުންފުންޏާ އަލުން ހަވާލުކުރަން އެ ހުކުމުގައިވެ އެވެ.

ބ. ހިބަޅިދޫ އުރަފަށަށް ފައްތާފައި ހުއްޓައި ފުލުހުން ހޯދި ހަތިޔާރުތަކުގެ ތެރެ އިން ސްނައިޕާ ރައިފަލްގައި ބޭނުންކުރާ ވަޒަނެއް ވަނީ ފެނިފަ އެވެ.

ހިބަޅިދޫ އުރަފަށަށް ފައްތާފައި ހުރި ހަތިޔާރުތަކެއް ފެނުނީ، ރައީސް ޔާމީން އަވަހާރަކޮށްލުމަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު، ރިއާސީ ލޯންޗު “ފިނިފެންމާ”ގައި އެއްޗެއް ގޮއްވައިލި ހާދިސާގެ ތަހުގީގުގެ ތެރެއިން ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ހޯދައި ބަލަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.