މާޅޮހުގައި ނަރުދަމާ ގާއިމުކުރަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީ

ބ. މާޅޮސް. ނަރުދަމާ ގާއިމުކުރަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން މިހާރު ވަނީ އިއުލާން ކޮށްފައި
ބ. މާޅޮސް. ނަރުދަމާ ގާއިމުކުރަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން މިހާރު ވަނީ އިއުލާން ކޮށްފައި

ބ. މާޅޮހުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ސާވޭ ކޮށް ޑިޒައިން ކުރުމަށް ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބ. މާޅޮހާއި ހއ. މާރަންދޫ އާއި އެއަތޮޅު މުރައިދޫގެ ނަރުދަމާ ނިޒާމް ސާވޭކޮށް، ޑިޒައިން ކުރުމަށް ކޮންސެލްޓެންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހާ ހަމަ އަށް ހުޅުވާލައިފައިވާ ކަމަށެވެ.

ކޮންސަލްޓަންސީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޕްލިމިނަރީ ޑިޒައިން އާއި ޑީޓެއިލް ޑިޒައިން އާއި ޓެންޑާ ޑޮކިއުމަންޓްސްގެ އިތުރުން އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ތައްޔާރުކުރުމެވެ.

މި މަސައްކަތްތައް ނިމުމުން މާޅޮހުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މާލޮހުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް މިއަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.