ހެލިކޮޕްޓަރު އެކްސިޑެންޓުގައި ޒަހަމްވި ހިތާދޫ މީހާގެ ހާލު ރަނގަޅު: އޭޑީކޭ

ހެލިކޮޕްޓަރުގެ ފިޔަގަނޑުންޖެހި  އެއާސްޓެއާ އަށް ގެއްލުންވެފައި. މިހާދިސާގައި ސީރިއަސް އިނޔާތަކެއް ލިބުނީ ބ. އަތޮޅު މީހަކަށް. ފޮޓޯ / މިހާރު
ހެލިކޮޕްޓަރުގެ ފިޔަގަނޑުންޖެހި އެއާސްޓެއާ އަށް ގެއްލުންވެފައި. މިހާދިސާގައި ސީރިއަސް އިނޔާތަކެއް ލިބުނީ ބ. އަތޮޅު މީހަކަށް. ފޮޓޯ / މިހާރު

މަތިންދާބޯޓަށް އަރާ ސިޑި (އެއާސްޓެއާ) އެއްގައި ސިފައިންގެ ހެލިކޮޕްޓަރެއްގެ ބުރަފަތީގެ ފިޔަގަނޑުން ޖެހި، މިދިޔަ އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި ބ. ހިތާދޫ މޫސާ ވަޖުދީގެ ހާލު މިހާރު ހަމައަކަށް އެޅެމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އާ ހަވާލާދެއްވައި މިހާރު ނޫހުގައި ބެނެފައިވަނީ އައިސީޔޫ އިން ހައިޑިޕެންޑެންސީ ޔުނިޓަށް މޫސަ މިހާރު ބަދަލުކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ހައިޑިޕެންޑެންސީ ޔުނިޓުގައި ފަރުވާ ދޭނީ، އައިސީޔޫގައި ފަރުވާ ދޭންޖެހޭ ވަރަށް ވުރެ ހާލު ރަނގަޅު އަދި ޖެނެރަލް ވޯޑުގައި ފަރުވާ ދޭންޖެހޭ ވަރަށް ވުރެ ހާލު ސީރިއަސް މީހުންނަށް އެކަންޏެވެ.

މި ހާދިސާގައި ބުރަފަތީގެ ފިޔަގަނޑު ސިޑީގައި ޖެހުމުން އެ އިން ބުރައިގެން ދިޔަ 22 އަކަށް އެތޮކޮޅު ވަނީ ވަޖުދީގެ ބަނޑަށް ހެރިފަ އެވެ. އެކްސިޑެންޓު ހިނގި ދުވަހުގެ ރޭ ވަނީ ހައެއްކަ ގަޑި އިރުގެ އޮޕަރޭޝަނެއް ކޮށް 21 އެތިކޮޅު ނަގައިފަ އެވެ. ވަޖުދީގެ ހާލު ހަމައަކަށް އެޅުމުން އަލުން އޮޕަރޭޝަންކޮށް އެ އެތިކޮޅު ނަގަން ވަނީ ނިންމައިފަ އެވެ.

ވަޖުދީގެ ބޭސްފަރުވާގެ ހުރިހާ ހަރަދަކާ ވަނީ ހަވާލުވެފައިވަނީ އޭނާ މަސައްކަތް ކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.