ފޮތްތައް ލިބިއްޖެ، ދޫކުރަން ފަށާނީ މާދަމާ މެންދުރުފަހު

BAEC-2016

ދިރާސީ އާ އަހަރަށް ކިޔަވާ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މާދަމާ މެންދުރުފަހު ދޫކުރަން ފަށާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ، ހުރިހާ ގްރޭޑެއްގެ ފޮތްތަކެއްވެސް މިހާރު ލިބިފައިވާ ކަމަށާއި މާދަމާ މެންދުރުފަހުން ފެށިގެން ފޮތްތައް ދޫކުރަމުން ގެންދާނެ ކަމަށެވެ.

ފޮތް ދޫކުރާ ގަޑިތައް:

  • މެންދުރުން ފަހު؛ 14:30 16:30 އަށް
  • ރޭގަނޑު: 20:00 – 21:00 އަށް

 

އާ މަންހަޖުގެ ދަށުން 2014 ވަނަ އަހަރުން ފެށިގެން، ޕްރައިމަރީ ގްރޭޑަތަކުގެ ދަރިވަރުން ކިޔަވާ ޓެކްސްޓް ފޮތްތައް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ. އެ ހުރިހާ ފޮތްތަކަކީ ވެސް އަލަށް ޗާޕް ކުރާ ފޮތްތަކެވެ.

ދަރިވަރުންނަށް ބޭނުންވާ ޓެކްސް ފޮތްތައް ސަރުކާރުން ހިލޭ ދިން ނަމަވެސް ސެކަންޑްރީ ގްރޭޑްތަކުގެ ގިނަ ޓެކްސްޓް ފޮތްތަކަކީ ދަރިވަރުން ކުރީ އަހަރުތަކުގައި ބޭނުން ކޮށްފައިވާ ފޮތްތަކެވެ.

މިއަހަރުން ފެށިގެން ގްރޭޑް 1-7 އަށް ކިޔަވާ ހުރިހާ ދަރިވަރުން ކިޔަވާނީ އާ މަންހަޖަށެވެ. ގްރޭޑް އަށަކުން ފެށިގެން 10އާ ހަމައަށް އާ މަންހަޖަށް ކިޔަވައިދޭން ފަށާނީ 2018 ވަނަ އަހަރެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.