އެމްއޯޔޫގެ ބޮޑު ޖަލްސާއެއް ދަރަވަންދޫގައި ބާއްވައިފި

އެމްއޯޔޫގެ ޓިކެޓުގައި ކައުންސިލަށް ކުރިމަތި ލެއްވި ބޭފުޅުންނާއި އެމްޑީޕީ ލީޑަރޝިޕްގެ ބޭފުޅުން ފޮޓޯ- ހިތާދޫ އޮންލައިން
އެމްއޯޔޫގެ ޓިކެޓުގައި ކައުންސިލަށް ކުރިމަތި ލެއްވި ބޭފުޅުންނާއި އެމްޑީޕީ ލީޑަރޝިޕްގެ ބޭފުޅުން ފޮޓޯ- ހިތާދޫ އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބ. ދަރަވަންދޫގައި ރޭ ބޮޑު ޖަލްސާ ބާޢްވައިފިއެވެ.

ދަރަވަންދޫ އެމްޑީޕީ ހަރުގޭގައި ރޭ ބޭޢްވި އެ ޖަލްސާގައި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ބ. އަތޮޅުގެ ރަށްރަށުގެ އެމްޕީޕީ ކައުންސިލަރުންނާއި މިފަހަރު ބ. އަތޮޅުގެ ކައުންސިލުތަކަށް އެމްއޯޔޫގެ ޓިކެޓުގައި ކުރިމަތި ލެއްވި ކެނޑިޑޭޓުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ ރަށްރަށް ތަރައްގީ ކުރެވޭނީ ރަށްރަށުގައި ތިބެގެން ކަމަށާއި މާލޭގައި ފިނިކޮޓަރީގައި ތިބި ރަށްރަށަށް ބޭނުންވަ ކަންތައްތައް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް ވަނީ ގޮވާލާފަ އެވެ.

މިޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ސަރުކާރާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެވާހަކަ ދައްކަވާފަ އެވެ.

ޖަލްސާ ފެށުމުގެ ކުރިން ދަރަވަންދޫ އެމްޑީޕީގެ ބޮޑު ދިދަވެސް ވަނީ ނަގާފައެވެ. 15 ފޫޓު 10 ފޫޓުގެ މި ބޮޑުދިދަ ނަންގަވައި ދެއްވީ އެމްޑީޕީގެ ޗެއާޕަސަންގެ ނައިބު އަލީ ނިޔާޒެވެ.

މީގެ އިތުން އިއްޔެ ހަވީރު ވަނީ ދަރަވަންދޫގެ ބޮޑެތި މަގުތަކުގައި އިންތިހާބު އަވަސް ކޮށްދިނުމަށް ގޮވާލާ ވަނީ ހިނގާލުމެއްވެސް ބާއްވައިފަ އެވެ.

ބ. އަތޮޅުގެ ހުރިހާ ރަށަކުންނާއި ރިޒޯޓުތަކުގެ އެމްއޯޔޫގެ ސަޕޯޓަރުން ބައިވެރި މިޖަލްސާގެ އިންތިޒާމުތައް ފުރިހަމަ ކަމުން ދަރަވަންދޫ އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ވަނީ ޖަލްސާގެ ބައިވެރިން ޝުކުރު ދަންނަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.