ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަނީ

ދޮޅު މަހެއްހާ ދުވަހުގެ ޗުއްޓީއަކަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި މިއަހަރު އަލަށް ގުޅުނު 79 ދަރިވަރުންނާއެކު ޖުމުލަ 824 ދަރިވަރުން އެ ސްކޫލުގައި ކިޔަވަމުން ގެންދާނެ އެވެ.

ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިންތަކަކަށް ޓީޗަރަކު ކިޔަވައިދެނީ
ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުދިންތަކަކަށް ޓީޗަރަކު ކިޔަވައިދެނީ

ދިރާސީ އަހަރު ފެށި އިރު އެ ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތައް ސްކޫލް ބަންދުގެ ތެރޭގައި ކޮށް ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ވަނީ ނިންމާފަ އެވެ. އަދި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، އެ ސްކޫލުގައި ވެސް ވަނީ އަލިފާން ނިއްވާ ނިޒާމު ގާއިމްކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަނީ

މިއަދު މިފެށި މިއަހަރުގެ ފުރަތަމަ ސެމެސްޓާގެ ކިޔެވުން ޖޫން 11 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އެ ދެމެދުގައި ސެމެސްޓާގެ މެދު ބަންދު ގޮތުގައި މާޗް 19 އިން 23 އަށް ސްކޫލްތައް ބަންދުކުރާނެ އެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން ނިމި ސްކޫލްތައް ބަންދުކުރާނީ މި އަހަރުގެ ނޮވެމްބަރު 23ވަނަ ދުވަހު އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަނީ

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މިއަދު ކިޔެވުން ފެށިއިރު ތައުލީމީ ދާއިރާ އަށް އައި އެންމެ ބޮޑު އެއް ބަދަލަކީ މިއަހަރުން ފެށިގެން ގްރޭޑް 1-7 އަށް ކިޔަވާ ހުރިހާ ދަރިވަރުން ކިޔަވާނީ އާ މަންހަޖަށެވެ. ގްރޭޑް އަށަކުން ފެށިގެން 10އާ ހަމައަށް އާ މަންހަޖަށް ކިޔަވައިދޭން ފަށާނީ 2018 ވަނަ އަހަރެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުތެރޭގައި
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުތެރޭގައި

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.