“އަމާޒަކީ އޯލެވެލް އާއި އޭލެވެލް އިން ރަނގަޅު ނަތީޖާއެއް ހޯދުން”

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ވެސް އެންމެ ބޮޑު އަމާޒަކީ އޯ ލެވެލް އާއި އޭލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވެއްޖެ އެވެ.

އަހްމަދު ރަފީއު މިހާރު އޮންލައިނަށް މިއަދު ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އެ ސްކޫލުގެ ހުރިހާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކޮށް، ފާހަގަކޮށްލެވޭ ފަދަ ކާމިޔާބެއް ހޯދުމަކީ ވަރަށް ބޮޑު އަޒުމެކެވެ.

“އޯ ލެވެލް އާއި އޭ ލެވެލް އިން ވެސް ރަނގަޅު ނަތީޖާއެއް ހޯދުން އެންމެ ބޮޑު އަމާޒަކީ. އޭލެވެލް ހެދި ދަރިވަރެއްގެ ނަތީޖާ އިން ބައިނަލްއަގުވާމީ ގޮތުން ވަރަށް ބޮޑު ކާމިޔާބީއެއް މި ސްކޫލަށް މިދިޔަ އަހަރު ލިބުނު،” ރަފީއު ވިދާޅުވި އެވެ

“އެންމެން ގުޅިގެން އެ އަމާޒަށް ވާސިލްވުން ބޭނުމަކީ،”

ތައުލީމީ ދާއިރާ އަށް މުޅިން އާ ބަދަލުތަކަކާ އެކު މި އަހަރަކީ ވެސް ދަރިވަރުންނަށް ކާމިޔާބު އަހަރަކަށް ހެދުމަށް ގިނަ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާވައިފަ އެވެ.

ދިރާސީ އާ އަހަރު ފެށުމާއި ގުޅޭގޮތުން މިނިސްޓަރު މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ތައުލީމީ ދާއިރާ އިން ފަށާފައިވާ އިންގިލާބީ ބަދަލާއެކު، މި އަހަރު، ސްކޫލްތަކުގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވާދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.