“އެލަވަންސް ދިނުމަށްވުރެ މި ގޮތް މާ ރަގަނޅު”

ފެހެންދޫ ސްކޫލު ދަރިވަރުން މިއަދު ގޮިއދުއަށް ދަތުރުކުރަނީ-- ފޮޓޯ / ފާތުމަތު ޒުހުދާ
ފެހެންދޫ ސްކޫލު ދަރިވަރުން މިއަދު ގޮިއދުއަށް ދަތުރުކުރަނީ– ފޮޓޯ / ފާތުމަތު ޒުހުދާ

2008 ވަނަ އަހަރު ބ. އަތޮޅު ފެހެންދޫ ސްކޫލް ބަންދުކުރުމާއި ގުޅިގެން އެ ރަށު ސްކޫލުގައި ކިޔަވާ ކުދިން ކިޔެވުމަށް ގޮއިދޫ ސްކޫލަށް ދިއުމަށް ދަތުރުކުރަމުން ދިޔައީ ޑިންގީއެއްގަ އެވެ.

ނަމަވެސް މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ފެހެންދޫ ސްކޫލުގެ ދަރިވަރުން ގޮއިދޫ އަށް ދިއުމަށް އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ މަހު ހަދިޔާކުރި ހާއްސަ ލޯންޗުގައި ވަނީ ފެރީ ދަތުރުތައް ފަށައިފަ އެވެ.

މި ލޯންޗުގައި ދަތުރުތައް ފެށުމާއެކު ކުރިން އުސޫލުގައި އޮންނަ ގޮތަށް ކޮންމެ މަހަކު ކުދިންނަށް ދެމުން ގެންދިޔަ 1000ރ އެލަވަންސް ދިނުން ވަނީ ހުއްޓާލާފަ އެވެ. އެހެން ނަމަވެސް ހާއްސަ ލޯންޗެއްގައި ދަތުރުތައް ފެށުމުން އެ ސްކޫލުގެ ބެލެނިވެރިން ތިބީ ވަރަށް ހިތްހަމަޖެހިގެންނެވެ.

“އެލަވަންސް ދިނުމަށްވުރެ މި ގޮތް މާރަގަނޅު. އަޅުގަނޑުމެން ބޭނުންވަނީ ފަސޭހަ ކަމާއެކު ކުދިން ގޮވައިގެން ދަތުރު ކުރެވޭނެ ގޮތެއް.. މި ލޯންޗް ވަރަށް އަރާމު. ވަރަށް ހިންހަމަޖެހޭ” ބެލެނިވެރިއެއް ކަމަށް ވާ އާއިޝަތު ވަސީމާ ބުންޏެވެ.

މި ލޯންޗަކީ އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، ރ އަތޮޅު ފަސްރިޔާ ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާއެކު އެ ސްކޫލަށް ހަދިޔާކުރި ލޯންޗެކެވެ.

މި ލޯންޗުގައި އަޅާފައިވާ 50 ހޯސްޕަވަރުގެ އިންޖީނަކީ އެމްޓީސީސީން ހަދިޔާކޮށްފައިވާ އިންޖީނެކެވެ. މި އިންޖީނުގެ މެއިންޓެނެންސް އެ ކުންފުނިން ހިލޭ ބަލަހައްޓައިދޭން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފެރީގެ ހިދުމަތް ބަލަހައްޓަވަމުން ގެންދަނީ ގޮއިދޫ ސްކޫލް ޕީޓީއޭގެ ފަރާތުންނެވެ.

ފެހެންދޫން ގޮއިދޫ ސްކޫލަށް ކިޔެވުމަށް މިއަހަރު 18 ކުދިން ދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.