އަރަބި ކިޔަވައި ނުދޭތީ ބެލެނިވެރިން ހިތްހަމަ ނުޖެހިއްޖެ

BAEC-2016

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 3 ގައި އަރަބި ބަސް ވަކި މާއްދާއެއްގެ ގޮތުގައި މިއަހަރު ކިޔަވައި ނުދޭތީ އެ ސްކޫލުގެ ބައެއް ބެލެނިވެރިން އެކަމާ ހިތްހަމަ ނުޖެހިއްޖެ އެވެ.

އެ ސްކޫލުގައި 2015 ވަނަ އަހަރުން ފެށިގެން މާއްދާއެއްގެ ގޮތުގައި އަރަބި ބަސް އަންނަނީ ކިޔަވައިދެމުންނެވެ. އެގޮތުން މިއަހަރު ގްރޭޑް 3 އަށް ބަދަލުވި ކުދންނަށް ގްރޭޑް 1 އަދި 2 ގައި ވެސް ވަނީ އަރަބި ކިޔަވައިދީފަ އެވެ. ނަމަވެސް މިއަހަރު އެ މާއްދާ ކިޔަވައިދެނީ ގްރޭޑް އެކެއް އަދި ދޭކަށެވެ

ގްރޭޑް 3 ގެ ބެލެނިވެރިޔަކު ބުނިގޮތުގައި އެ ގްރޭޑްގެ ހުރިހާ ބެލެނިވެރިން ކަހަލަ ގޮތަކަށް އަރަބި މާއްދާ ކުރިއަށް ގެންދަން ބޭނުންވެ އެވެ. ނަމަވެސް ސްކޫލުގައި ޓީޗަރުން ނެތްކަމަށް ބުނެ، އަރަބި މާއްދާ މިއަހަރުގެ ޓައިމު ޓޭބަލުން އުނިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

“ކުދިންވެސް ވަރަށްބޭނުންވޭ އަރަބި ކިޔަވަން، އަރަބި ކިޔަވައި ނުދޭތީ ގިނަ ބެލެނިވެރިން ތިބީ ހިތްހަމަ ނުޖެހިފައި،”

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިމާދު “އީޓީ” އަށް ވިދާޅުވި ގޮތުގައި މިއަހަރު އެ ސްކޫލުގެ ގްރޭޑް 3 އަށް އަރަބި ކިޔަވައި ނުދެނީ އެ މާއްދާ ކިޔަވައިދޭ ޓީޗަރުން ނެތުމުގެ ސަބަބުންނެވެ. މިދިޔަ ދެ އަހަރުވެސް އެ ސްކޫލުގައި އަރަބި ބަސް ކިޔަވައިދިނީ ސްކޫގައި ތިބި އިސްލާމު ޓީޗަރުންގެ އެހީތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

“މާދަމާ އިއުލާން ކުރާނަން އަރަބި ޓީޗަރަކު ހޯދަން. ކުރިންވެސް އިއުލާން ކުރިން ޓީޗަރަކު ހޯދަން. އޭރު ޝަރުތު ހަމަވާ ޓީޗަރަކު ނުލިބުނު، ފެންވަރު ރަނގަޅު ޓީޗަރަކު ލިބިއްޖެ ނަމަ ކީ ސްޓޭޖް 1 ގެ ހުރިހާ ގްރޭޑަކަށްވެސް އަރަބި ކިޔަވައިދޭން ފެށޭނެ،”

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި، ގްރޭޑް 3 އަށް އަރަބި ކިޔަވައިނުދޭތީ ބެލެނިވެރިންގެ ޝަކުވާ ލިބިފައިނުވާ ކަމަށެވެ.

“އެހެން ނަމަވެސް ހުރިހާ ގްރޭޑްތަކަށް އަރަބި ކިޔަވައި ދިނުމަކީ ބެލެނިވެރިންގެ ވަރަށްބޮޑު އެދެމެއް،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.